ދެ މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި

މީގެކުރިން ވަޅިހެރި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރި ވަނީ ---

މާލޭގައި މިރޭ ދެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިރޭ އެންމެ ފުރަތަމަ މީހެއްގެ ގަޔަށް ވަޅި ހަރާފައި ވަނީ 8:35 އެހައިކަންހާއިރު މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ. އަދި ދެވަނަ މީހާގެ ގަޔަށް ވަޅި ހަރާފައި ވަނީ އެލްސިއޯން ބޭކަރީ ކައިރިން މިރޭ 9:00 އެހައިކަންހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވަޅިހެރުމުން ޒަޚަމްވި ދެ މީހުންނަށް ވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ވަނަވަރު އަދި އެނގިފައެއްނުވެއެވެ.

މާރާމާރީތައް ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ މީހުންގެ ގަޔަށް ވަޅިހެރުމުގެ މައްސަލަތައް އިތުވާން ފަށައިފައެވެ.

މި މަހުގެ ތެރޭގައި ހިންގި އެކި އެކި މާރާމާރީތަކުގައި ތިން ކުޑަކުއްޖެއްގެ ގަޔަށް ވަނީ ވަޅި ހަރައިފައެވެ. އެ މާރާމާރީތަކާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފުލުހުން ހަމާކޮށްފައެއްނުވެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާރާމާރީ އާއި ރޭވިގެން ހިންގާ ކުށްތައް މިދުވަސްކޮޅު ގިނަވާން ފަށައިފި ކަމަށެވެ.

comment ކޮމެންޓް