ދަރުބާރުގެ ކައިރިން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިއްޖެ

ދަރުބާރުގެ ސަރަހައްދު -- ސަން ފައިލް ފޮޓޯ

މިރޭ މާލޭ މަގުމަތީގައި މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދަރުބާރުގެ ކައިރިން ފޭރުމުގެ ހާދިސާއެއް ހިނގައިގެން މިރޭ 7:21 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފޭރިފައިވަނީ 22 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްގެ އަތުންކަމަށް ފުލުހުން ބުނެއެވެ.

އެހެން ނަމަވެސް އޭނާގެ އަތުން ފޭރުނު ފައިސާއާ ގުޅޭ ތަފްސީލެއް އަދި ނުލިބޭކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ މިވަގުތުވެސް ދަނީ އެ ބަންގްލަދޭޝް މީހާއާ ސުވާލުކުރަމުން ކަމަށާއި، އިތުރު މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިރޭ އެ ބިދޭސީ މީހަގެ އަތުން ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފައިވެއެވެ. އެފައިސާ ހުރީ އޭނާގެ ދަބަސްތެރޭގައި ކަމަށްވެއެވެ. އަދި އެފައިސާ ފޭރުނީ ސައިކަލެއްގައި ދިޔަ ދެ މީހެއްކަމަށް ވެއެވެ.

comment ކޮމެންޓް