ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގެންފި

ރައީސް މައުމޫން މިރޭ މާލެވަޑައިގަތުމުން އެމަނިކުފާނަށް ބައެއް މަޖިލިސް މެމްބަރުން މަރުހަބާ ދަންނަވަނީ ---

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ އަރިސް ބޭފުޅަކު "ސަން" އަށް ވިދާޅުވީ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިރޭ 11:45 އެހައިކަންހާއިރު ކަމަށެވެ.

ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ދަތުރުފުޅު ކުރުކޮށްލެއްވި ސަބަބެއް އަދި ނޭނގެއެވެ.

މިރޭ ރާއްޖެ ވަޑައިގަތުމާއެކު ވެލާނާ އިންޓަނޭޝަން އެއާޕޯޓުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ރައީސް މައުމޫނަށް މަރުހަބާ ދަންނަވާފައެވެ.

comment ކޮމެންޓް