ކާޗާގެ އޮފިޝަލް ފިހާރައެއް ރާއްޖޭގައި ހުޅުވައިފި

ކާރޗާރގެ ޝޯރޫމްގައި ހުރި ޕްރޮޑަކްޓެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަންތަން ސާފު ކުރުމާއި ދޮވުމަށް ބޭނުން ކުރާ، ޖަރުމަނުގެ ކްލީނިންގް ޓެކްނޮލޮޖީސް ބްރޭންޑް "ކާޗާ"ގެ އޮފިޝަލް ފިހާރައެއް ރާއްޖޭގައި ހުޅުވައިފި އެވެ.

ރާއްޖޭގައި ކާޗާގެ ޕްރޮޑަކްޓްސްގެ ތަކެތި ވިއްކަނީ މަޝްހޫރު ހާޑްވެއާސް ކުންފުނި ސޮނީ ހާޑްވެއާއިންނެވެ.

ރޭ ސޮނީ ހާޑްވެއާ އިން ވަނީ މަޖީދީމަގުގައި ހުންނަ ސޮނީ ހާޑްވެއާ ޕްރޮފެޝަނަލްގައި ކާޗާ އޮފިޝަލް ސްޓޯރެއް ހުޅުވައިފަ އެވެ. ސޮނީ ހާޑްވެއާ ޕްރޮފެޝަނަލްގެ އެއްވަނަ ފަންގިފިލާގައި ހުންނަ ކާޗާ ސްޓޯރު ހުޅުވައިދެއްވީ ކާޗާ އިންޓަނޭޝަނަލް ސޭލްސްގެ އެގްްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެކްސެލް ސްޓޯލްޒާއި ސޮނީ ހާޑްވެއާގެ މެނޭޖިންގް ޑިރެކްޓަރ މޫސާ ކަލީމެވެ.

އެ ސްޓޯރު ރޭގައި ހުޅުވީ، ކާޗާގެ މުޅިން އާ ޕްރޮޑަކްޓްތަކަކާ ވެސް އެކުގަ އެވެ. ޕްރޮޑަކްޓްތަކުގެ ޓެސްޓްކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ.

ސޮނީ ހާޑްވެއާ އިން ކާޗާގެ ޕްރޮޑަކްޓްތައް ވިއްކާތާ 10 އަހަރު ވެފައިވާ އިރު، ސޮނީ ހާޑްވެއާގައި ހުޅުވި ކާޗާ ސްޓޯރަކީ ދުނިޔޭގައި ހުޅުވި 595 ވަނަ އައުޓްލެޓެވެ.

ސޮނީ ހާޑްވެއާ އިން ގެންދަނީ ކާޗާގެ ޕްރޮޑަކްޓްސްގެ ވޮރެންޓީއާއި އާފްޓާ ސޭލްސް ސާވިސް ސާވިސްގެ ޚިދުމަތް ދެމުންނެވެ. އަދި ސައިޓްތަކަށް ޒިޔާރަތްކޮށް، އިންސްޕެކްޝަނާއި ޑެމޮންސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދާ އިރު، ކާޗާ ޕްރޮޑަކްޓްސް ބޭނުންކުރުމަށް ތަމްރީނު ކުރުމާއި ސައިޓް ސާވިސްގެ ޚިދުމަތް ވެސްދެ އެވެ.

comment ކޮމެންޓް