ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާއިން ރަމަޟާން މަހާ ދިމާކޮށް ކުރިޔަށް ގެންދިޔަ ކުރިޔަށް ގެންދިޔަ "ސައިކަލު ތާރސްޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
"ސައިކަލު ތާރސްޓް" ޕްރޮމޯޝަނުގެ ދަށުން، ޕްރޮމޯޝަނުގެ މުއްދަތުގައި ސައިކަލު ގަންނަ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް، ސައިކަލަށް އަދާކުރަންޖެހޭ ފައިސާ މައާފުވެ، ސައިކަލަށް ދައްކާފައިވާ ފައިސާގެ 100 ޕަސަންޓު ރީފަންޑެއް ލިބެއެވެ.
ޝީޝާގެ ހޮންޑާ ޝޯރޫމުގައި މިއަދު ވަނީ، ސައިކަލު ތާރސްޓް ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފައެވެ.
ނަސީބުވެރިއަކަށް ހޮވުނީ އައްޑޫ ސިޓީ މަރަދޫފޭދޫ ލީލާ މަންޒިލް، ފަޔާޒު ރަފީގެވެ.
ޝީޝާއިން މައުލޫމާތުދޭ ގޮތުގައި، ޝީޝާ އައްޑޫ ސިޓީ ޝޯރޫމުން ފަޔާޒް ގަނެފައިވަނީ ވޭވް 125އައި ސައިކަލެކެވެ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސްކީމް މެދުވެރިކޮށް، 52،800 ރުފިޔާއަށް ގަތް ސައިކަލުގެ އަގުގެ 100 ޕަސަންޓު ރީފަންޑް ފަޔާޒް ރަފީގަށް ލިބޭނެކަމަށް ޝީޝާއިން ބުނެއެވެ.