އަބްދުﷲ އަރީފް ޖޭއެސްސީ އަށް އައްޔަން ކުރައްވައިފި

އަބްދުﷲ އަރީފް --

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެ ކޮމިޝަނަށް އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހީމް މުއާޒު އަލީ ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް، ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީ އަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރުގެ މުއްދަތެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މުއްދަތު ދެ އަހަރަށް ކުރުކޮށްފަ އެވެ.

އަލީ ހަމީދު ޖޭއެސްސީގައި ހުންނަވާތާ ވަނީ ދެ އަހަރުވެފަ އެވެ.

އަލީ ހަމީދު އައިޖީއެމްއެޗުގައި އެޑްމިޓް ކުރެއްވުމާ އެކު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، އޭނާގެ ބަދަލުގައި ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ކަނޑައަޅުއްވާފައި ވަނީ އަބްދުﷲ އަރީފެވެ.

comment ކޮމެންޓް