ސިޓްރަން ރޯދަ ވެދުން 2017ގެ ގުރުއަތުލުން ބާއްވައިފި

ރަމަޟާން މަހާ ދިމާކޮށް ކުރިޔަށް ގެންދިޔަ ސިޓްރަން ރޯދަ ވެދުން 2017ގެ ގުރުއަތުން ލުން ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ 21:30ގައި ސިޓްރަން ބައި ލެމަންގްރާސްގައި ކުރިޔަށް ދިޔަ މި ގުރުއަތުލުމުން އެއްވަނަ އަށް ހޮވިގެން ޔަމަހާ ބްރޭންޑްގެ އެން މެކްސް ސައިކަލުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މުހައްމަދު ނަވީން އެވެ. އަދި މިގުރުއަތުން ދެވަނައަށް ހޮވިގެން ޔަމަހާ ބްރޭންޑްގެ ފިނޯ ސައިކަލުގެ ނަސީބުވެރިޔަކަށް ފަތުހުﷲ ތަގިއްގީން ހޮވިފައިވާއިރު ތިންވަނައަށް ހޮވިގެން ދެމީހަކަށް ގިފްޓް ވައުޗާ ޕެކްއެއް ލިބިފައިވަނީ އަސްދުﷲ އަށެވެ.

ސިޓްރަން ރޯދަ ވެދުން 2017ގެ ގުރުއަތުލުމުގެ ހަފްލާގެ ތެރެއިން---

އެލިއާ އިންވެސްޓްމެންޓާއި ގުޅިގެން ކުރިޔަށް ދިޔަ މި ޕްރޮމޯޝަން އޮތީ މެއި 27 ން ފެށިގެން ޖުލައި 3 އެއްގެ ނިޔަލަށެވެ. ކުރާ ކޮންމެ 250 ރުފިޔާއިން މަތީ ވިޔަފާރިއަކަށް ނުވަތަ ރަމަޟާން މަހުގެ ކޮންމެ ރޯދަވީއްލުމަކަށް ކޮންމެ ކަސްޓަމަރަކަށް އެއް ކޫޕަން ލިބުނުއިރު އެއްފަހަރަށް ވުރެ ގިނައިން ގުރުއަތަށް ނަން ހުށައެޅެއެވެ.

ސިޓްރަން ބައި ލެމަންގްރާސްގައި ކުރިޔަށްދިޔަ ގުރުއަތުލުމުގެ ހަފްލާގެ ތެރެއިން---

ސިޓްރަންއިން މި ޕްރޮމޯޝަން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާތާ މިއަހަރަށް 3 އަހަރުވެއްޖެއެވެ. އަދި އެކުންފުނިން ބުނާގޮތުގައި މި ޕްރޮމޯޝަންގެ މަގްޞަދަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް އަދި ހިދުމަތް ލިބިގަންނަ ފަރާތަކަށް އެކަން އަގުވަޒަން ކުރުމެވެ.

comment ކޮމެންޓް