މުނި އިން ހުޅުމާލޭގައި އަޅާ 95 އެޕާޓްމަންޓުގެ "ފިތުރޯން" ލޯންޗުކޮށްފި

މުނި އެންޓަޕްރައިޒަސް ގެ "ފިތްރޯން" ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މުނި އެންޓަޕްރައިސެސް އިން ހުޅުމާލޭގައި އިމާރާތް ކުރާ "ފިތްރޯން ރެޒިޑެންސް" މިއަދު ލޯންޗުކޮށްފި އެވެ.

އެމްއެމްއޭ އިން އިންތިޒާމުކޮށްގެން މިއަދު ފެށި ފިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ފިތުރޯން ލޯންޗުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އާޒިމާ އާދަމެވެ. އެ ރަސްމިއްޔާތު ބޭއްވީ ފިނޭންޝަލް އެކްސްޕޯގައި ބަހައްޓާފައި ހުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ (އެޗްޑީސީ) ހޯލުގެ މެއިން ސްޓޭޖުގަ އެވެ.

ހަލުވި ސްޕީޑެއްގައި "ޒުވާނުންގެ ސިޓީ"ގެ ގޮތުގައި ތަރައްގީ ވަމުން އަންނަ ހުޅުމާލޭގައި މުނި އެންޓަޕްރައިޒަސް އިން "ފިތްރޯން"ގެ ނަމުގައި އަޅަނީ 95 އެޕާޓްމަންޓުގެ ދެ ޓަވަރެވެ. އެ ރެޒިޑެންސް ގައި 95 އެޕާޓްމަންޓާއި ހަތަރު ޕެންޓް ހައުސް ހުރެ އެވެ.

އެ ރަސްމިއްޔާތަށް ފަހު މުނި އިން ވަނީ ޑރ. އަޒީމާއަށް ފިތުރޯންއާ ބެހޭ މައުލޫމާތު ހިމެނޭ ފޮތެއް އަރުވައިފަ އެވެ. އަދި އެއަށް ފަހު އެ ރެޒިޑެންސްގެ ސްޓޯލު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

comment ކޮމެންޓް