ޓީސީ ވަރަށް މޮޅު، ތިން ޕޮއިންޓް ލިބުނީ އުނދަގުލުން: ޓަވަރޭސް

މާޗް 3، 2017: މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގައި ނިއުރޭޑިއަންޓްސް ޕޯޓްސް ކްލަބު އަތުން ޓީސީ ސްޕޯޓްސް ކްލަބު ބަލިވިއަސް އެޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި ތިން ޕޮއިންޓް ލިބުނީ އުނދަގުލުން ކަމަށް ނިއުގެ ކޯޗް ބެނާޑޯ ޓަވަރޭސް ބުނެފިއެވެ.

ރޭ ގައުމީ ދަނޑުގައި ކުޅުނު އެ މެޗުން ޓީސީ ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗް ވަނީ ޓީސީގެ ކުޅުން ފާޙަގަކޮށްފައެވެ. އަދި ބުނީ ޓީސީ އަތުން ތިން ޕޮއިންޓް ލިބުނީ އުނދަގުލުން ކަމަށާއި ނަތީޖާއާ ދޭތެރޭ ހިތް ހަމަ ޖެހޭ ކަމަށެވެ.

" ތިން ޕޮއިންޓް ލިބުމުން ހިތް ހަމަ ޖެހޭ. ކުޅުންތެރިންގެ މަސައްކަތަށް ޝުކުރު އަދާ ކުރަން،"

ތަޖުރިބާކާރު ކޯޗް އިތުރަށް ބުނީ މި ވަގުތަށް މުހިއްމީ ކޮންމެ ޓީމެއްގެ އަތުން ވެސް ތިން ޕޮއިންޓް ހޯދުން ކަމަށާއި މާލޭ ލީގުގައި ގްރީން ސްޓްރީޓް އަތުން ވީ ބައްޔަށް ފަހު ރަނގަޅު މެޗެއް ކުޅެ މޮޅުވުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ.

ެރޭ ނިއުއަށް ލިބުނު ތިން ޕޮއިންޓާ އެކު އެޓީމު ވަނީ އެއްވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ.

comment ކޮމެންޓް