ނިއުޓްރިޝަނިސްޓުން ގަބޫލުކުރާ ގޮތުގައި ތިބާ މާބޮޑު ޑައެޓް ޕްލޭނެއް ނުގެންގުޅުނު ނަމަވެސް، ރަނގަޅު ބުއިންތަކެއް އިޚްތިޔާރުކޮށްގެން ހަށިގަނޑުގެ ބަރުދަން ލުއިކޮށްލެވިދާނެއެވެ. އެގޮތުން ބޭނުންކުރެވިދާނޭ، ސިއްހަތަށް ފައިދާހުރި ރަނގަޅު ހަތް ބުއިމަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.
ފެން:

ފެން--
މިއީ ހުރިހާ ގޮތަކުންވެސް އެންމެ ފައްކާ ބުއިމެވެ. ގިނަގިނައިން ފެން ބޯނަމަ، ތިބާގެ ހަށިގަނޑު ލުއިކުރުމަށް ތިބާ ކުރާމަސައްކަތަށް ހީވެސްނުކުރާވަރުގެ ކުރިއެރުމެއް ލިބޭނެއެވެ.
ހަމައެނި ސާފުފެން ބުއިމުގެ ބަދަލުގައި ބައެއްފަހަރު، އޭގެ ތެރެއަށް ލުނބޯހުތް އަޅައިގެން ބޭނުުންކުރުމުން ސިއްހަތަށް އިތުރު ފައިދާތަކެއް ކުރެއެވެ. އެގޮތުން ކަސްރަތުކުރުމުގެ ކުރީން "ލުނބޯފެން" ތައްޓެއް ބުއިން ވަރަށް މުހިއްމެވެ. ސަބަބަކީ މި ފެނުގެ ސަބަބުން ހަށިގަނޑުގައިވާ ސަރުބީތައް ވިރުވާލުމަށް އިތުރު އެހީތެރިކަމެއް ލިބިދޭތީއެވެ.
ތަރުކާރީ ސޫޕް

ތަރުކާރީ ސޫޕް
ތަރުކާރީ ސޫޕަކީ ނިއުޓްރިޝަންސް އިން ފުރިގެންވާ ބުއިމެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ ދައުރަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދެއެވެ. ރޭގަނޑު ކެއުމުގެ ކުރީން ތަރުކާރީ ސޫޕެއް ބުއިމަކީ އޭގެ ސަބަބުން ކެލަރީސް މަދުކޮށްދޭ ކަމެކެވެ.
ގްރީން ޓީ

ގްރީން ޓީ
ގްރީން ޓީ އަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ބުއިމެކެވެ. ގްރީން ޓީގެ ސަބަބުން ބަރުދަން ކޮންޓްރޯލްކޮށް، ހަށިގަނޑުގައި ގުލްކޯޒްގެ މިންވަރު އެއް ހަމައެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ.
ދުވާލެއްގެ މައްޗަށް ދެ ތަށި ގްރީންޓީ ބުއިން ރަނގަޅެވެ. ގްރީން ޓީއަކީ، ގިނަ ބަލިތަކަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ ބުއިމަކަށް ވާއިރު، އޭގެ ސަބަބުން ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކޮށްދެއެވެ.
ތަރުކާރީ ޖޫސް

ތަރުކާރީ ޖޫސް
ތަރުކާރީ ޖޫހަކީ ހަމަ ތަރުކާރީ ސޫޕުން ވެސް ލިބޭފަދަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭނޭ ބުއިމެކެވެ. އެހެންކަމުން ހޫނު ގަދަ ދުވަސްވަރު ޖޫސް ބޭނުންކުރެވިދާނެއެވެ. އަދި ފިނި ދުވަސްވަރެއް ނަމަ ސޫޕް ބޭނުންކުރެވިދާނެއެވެ.
ކަޅުކޮފީ

ކޮފީ
ކަޅުކޮފީއަކީވެސް މެޓަބޮލިޒަމް އަވަސްކޮށްދޭ ބުއިމެކެވެ. ކަޅުކޮފީއަކީ، ހަށިގަނޑުން ސަރުބީ ވިރުވާލުމަށް އެހީތެރިވެދޭ، އަދި ހަމައެއާކު ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމަށް ވެސް އެހީތެރިވެދޭ ބުއިމެކެވެ.
ކަޅުކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުން، ތިބާ އަރާމުކުރާ ވަގުތުވެސް ކެލަރީ އަންދާލުމަށް އެހީތެރިވެދެއެވެ. އެހެން ނަމަވެސް، ހާބަނޑާއެކު ކަޅުކޮފީ ބުއިމާއި، ދުވާލަކު ދެތަށްޓަށްވުރެ ގިނައިން ކޮފީ ބޯނަމަ، އޭގެ ސަބަބުން ލިބޭ ފައިދާއަށްވުރެ، ލިބޭ ގެއްލުން ބޮޑެވެ. އެގޮތުން މެޓަބޮލިޒަމަށް ނުރަނގަޅު އަސަރުތަކެއް ކުރެއެވެ.
ސްކިމްޑް މިލްކް

ސްކިމްޑް މިލްކް
ސްކިމްޑް މިލްކަކީ، ޕްރޮޓީންސް ވަރަށް މުއްސަނދި ބާވަތެކެވެ. އޭގައި ހިމެނޭ ވިޓަމިން ޑީ އާއި ކެލްޝިއަމްގެ ސަބަބުން ތިބާގެ ކަށިތައް ވަރުގަދަކޮށްދެއެވެ. ސްކިމްޑް މިލްކު ބޯންޖެހޭ މައިގަނޑު ސަބަބަކީ، އޭގެ ސަބަބުން އިތުރު ކެލަރީއަކާ ނުލައި ތިބާއަށް ބޭނުންވާ ވިޓަމިންތައް ލިއްބައިދޭތީއެވެ.
------
* މަސްދަރު: ޓައިމްސް އޮފް އިންޑިއާ