މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާފުށީ ޖަލު ---ސަން ފޮޓޯ// ފަޔާޒު މޫސާ

ާރޭ ފަތިހުގެ ވަގުތެއްގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނުތަކެއް ވައްދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާން އަންހެނަކު މަސްތުވާތަކެއްޗާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް