ޔޫރަޕުގެ ޗެމްޕިއަނުންނަށް ރަޝިޔާ އަތުން ހަނި މޮޅެއް

ކޮންފެޑްރޭޝަން ކަޕް: ރަޝިޔާ އަދި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ ގޯލް.ކޮމް

ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ހަނިގޮތަކަށް 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމު ރަޝިޔާ އަތުން ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

މިރޭ ކުޅުނު ކޮންފެޑްރޭޝަން ކަޕް މެޗުން ޕޯޗުުގަލް ރަޝިޔާ އަތުން ސަލާމަތްވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ އެ ލަނޑު ކާމިިޔާބު ކުރީ މެޗު ފަށައިގެން ނުވަ ވަނަ މިނިޓުގަ އެވެ.

ގުރޫޕް އޭގައި ކުޅުނު އެ މެޗުން ރޮނާލްޑޯ ޕޯޗުގަލް ސަލާމަތްކޮށްދިން އިރު މީގެ ކުރިން އެ ޓީމު އެ މުބާރާތުގައި ކުޅުނު މެޗުންވަނީ އެއްވަރުވެފަ އެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުނު އެ މެޗުން ޕޯޗުގަލް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މިރޭ ނިއުޒިލޭންޑާއި ދެކޮޅަށް މެކްސިކޯ ނުކުންނައިރު މެކްސިކޯ މޮޅުވެއްޖެނަމަ ޕޯޗުގަލް އަދި މެކްސިކޯ ޕޮއިންޓްގެ ގޮތުން އެއްވަރުވާނެ އެވެ. މިވަގުތު ޕޯޗުގަލަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު މިރޭގެ މެޗުން ބަލިވި ރާޝިއާއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ނިއުޒިލޭންޑަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް