ސްކިލް ޓްރެއިނިންގް ސެންޓަރުގެ ހޮލިޑޭ ޕްރޮގްރާމް ބާއްވައިފި

ސްކިލް ޓްރެއިނިންގް ސެންޓަރުން ކުރިޔަށް ގެންދިޔަ ސްކިލް ހޮލިޑޭ ޕްރޮގްރާމުގެ ތެރެއިން ---

ނިމިދިޔަ ސްކޫލް ޗުއްޓީއާ ދިމާކޮށް ސްކިލް ޓްރެއިނިންގް ސެންޓަރުން އިންތިޒާމުކޮށްގެން ސްކޫލް ދަރިވަރުންނަށް "ސްކިލް ހޮލިޑޭ"ގެ ނަމުގައި ޕްރޮގްރާމެއް ބާއްވައިފިއެވެ.

ސްކިލް ޓްރެއިނިންގް ސެންޓަރުން ކޮންމެ އަހަރެއްގެވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ތަފާތު އުމުރުފުރާތަކުގެ ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް މިފަދަ ޕްރޮގްރާމްތަކެއް ބާއްވައެވެ.

ސްކިލް ޓްރެއިނިންގް ސެންޓަރުން ކުރިޔަށް ގެންދިޔަ ސްކިލް ހޮލިޑޭ ޕްރޮގްރާމުގެ ތެރެއިން ---

މިއަހަރުގެ ޖޫން 11 އިން 15 އަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ދަރިވަރުންނަށް ސޯޝަލް ސްކިލްސްއާއި ކްރިއޭޓިވް އާޓްސް ފަދަ މުހިންމު ބައިތަކާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. ޕްރޮގްރާމުގައި ކިޔަވައިދެއްވީ ސްކިލް ޓްރެއިނިންގް ސެންޓަރުގެ ޓްރެއިނަރުންނެވެ.

ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސްކިލް ޓްރެއިންނިންގް ސެންޓަރުގެ ފަރާތުން ވަނީ ސެޓްފިކޭޓް ވެސް ދީފައެވެ.

އެ ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން މި ރަމަޟާން މަސް ނިމުމާ ހަމައަށް، ދަރިވަރުންނަށް އިތުރު ދެ ޕްރޮގްރާމެއްވެސް ހިންގާނެއެވެ.

comment ކޮމެންޓް