ސަންޖޭ ބޭނުމީ އައިޝްވާރްޔާ!

އާރަމްބް ސިންގ ޑައިރެކްޓު ކޮށް، ސަންޖޭ ދަތު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'މަލަންގް' ގެ ބަތަލާ އަކަށް އައިޝްވާރްޔާ ރާއި ބައްޗަން ހަމަޖެއްސުމަށް ސަންޖޭ ބޭނުންވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

'މަލަންގް' އަކީ އާރަމްބްގެ ފުރަތަމަ ޑައިރެކްޝަނެވެ. އެ ފިލްމު ޕްރޮޑިއުސް ކުރާނީ އޮމަންގް ކުމާރު އަދި ސަންދީޕް ސިންގ އެވެ.

ފިލްމުގެ މަސައްކަތް ފެށުމަށް ކައިރި ވަމުން އަންނަ އިރު ފިލްމުގެ ބަތަލާ އަދި ހަމަޖެހިފައެއް ނުވެ އެވެ. އެހެން ނަމަވެސް ސަންޖޭ ދަތު ވަނީ އެ ރޯލަށް އައިޝްވާރްޔާ ހަމަޖެއްސުމަށް އޭނާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސަންޖޭ އާއި އައިޝްވާރްޔާ ވަނީ މީގެ 2005 ވަނަ އަހަރު ރިލީޒް ކުރި ތުރިލާ-ޑްރާމާ 'ޝަބްދް' ގައި ވެސް އެކުގައި މަސައްކަތް ކޮށްފަ އެވެ. އަދި 2002 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ހަމް ކިސީ ސޭ ކަމް ނެހީ' ގައި ވެސް އެކުގައި މަސައްކަތް ކުރި އެވެ.

އެހެންކަމުން އައިޝްވާރްޔާ އާ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަންނަ ކަމަށް އާރަމްބް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ފިލްމުގައި ސަންޖޭ އަދާކުރާނީ އިންވެސްޓިގޭޓިވް އޮފިސަރެއްގެ ރޯލު ކަމަށާއި، ބަތަލާ އަކީ އެކްޝަން މަންޒަރުތަކަށް ފިޓް މީހަކަށް ވުން މުހިންމު ކަމަށެވެ.

މިހާރު ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަންނަ ޑިސެމްބަރު މަހު ޝޫޓިން ފަށާނެ ކަމަށް އާރަމްބް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް