ދިރިއުޅުމަކީ މިއީބާ ގެ ޝޫޓިން ނަގަނިކޮށް ޔޫސޭ އަށް އަނިޔާވެއްޖެ

ދިރިއުޅުމަކީ މިއީބާ ގެ ޝޫޓިން ކުރިޔަށް ގެންދަނިކޮށް މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އަށް އަނިޔާ ވެއްޖެ އެވެ. ޔޫސޭ އަށް އަނިޔާ ވެފައި ވަނީ މި ރޯދަ މަހު ސަން ޓީވީން ދައްކަމުން އަންނަ ދިރިއުޅުމަކީ މިއީބާ ގެ އެންމެ ފަހު އެޕިސޯޑުގެ ޝޫޓިން ކުރިޔަށް ގެންދަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ޔޫސޭ އަށް އަނިޔާވީ، ސައިކަލުގައި މޫދު ކައިރީ ދުއްވާފައިދާ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި، ފަސްގަނޑު ކައިރިން ސައިކަލު ކަހާލައި ސައިކަލާ އެކު މޫދަށް ވެއްޓުނު ވަގުތު ކަނދުރާ ވިދުމުގެ ސަބަބުންނެވެ. ޔޫސޭ އަންނަނީ މި އަނިޔާ އަށް ފަރުވާ ކުރަމުންނެވެ.

"އަދި ދެތިން މަންޒަރެއް ނަގަން އޮތީމަ އޮށީވެލައިގެން އޮވެވޭކަށް ނެތް. އެހެންވެ ޑޮކްޓަރު ގެޔަށް ގެނެސް ބޭސް ނަގައިގެން ބޭނުން މި ކުރަނީ. މުޅި ކަނދުރާޔާ އަރިކަށީގަ ވެސް އެބަ ރިއްސާ،" ޔޫސޭ ބުންޏެވެ.

ޔޫސޭގެ ދިރިއުޅުމަކީ މިއީބާ ގެ ޕްރޮގްރާމްތައް މި އަހަރު ދައްކަނީ ހަމައެކަނި ސަން ޓީވީންނެވެ.

މިދިޔަ އަހަރު ވެސް ދިރިއުޅުމަކީ ިމިއީބާ ޝޫޓު ކުރުމުގެ ތެރޭގައި ގަހަކުން ވެއްޓި ޔޫސޭ އަށް ވަނީ އަނިޔާ ވެފަ އެވެ.

comment ކޮމެންޓް