ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީ ރީ ބްރޯޑްކާސްޓް ކުރުމުން މީޑިއާ ނެޓް ފަސް ލައްކައިން ޖޫރިމަނާ ކޮށްފި

އަލް ޖަޒީރާއިން އާންމުކޮށްފައިވާ "ސްޓީލިންގް ޕެރެޑައިސް" ޑޮކިއުމެންޓްރީގެ މަންޒަރެއް ---

ދިވެހި ރާއްޖެއާ ގުޅޭގޮތުން އަލްޖަޒީރާ ޓީވީ ޗެނަލުން ދެއްކި ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީ ރީ ބްރޯޑްކާސްޓް ކުރުމުން މީޑިއާ ނެޓް 500000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓް ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރުމަށް ވެސް މީޑިއާ ނެޓަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގާފައެވެ.

ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީގައި ސަރުކާރުގެ އިސް ވެރިންގެ މައްޗަށް ތުހުމަތުތަކެއްކޮށް އެބޭފުޅުން ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި އެ ނޫން ވެސް މައްސަލަތަކެއް ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅޭގޮތުން އެ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް