ކަރަންޓް ކެނޑުނީ ކޭބަލެއްގެ ސަބަބުން، މިދަނީ ކަރަންޓް ދެމުން: ސްޓެލްކޯ

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) --- ސަން ފައިލް ފޮޓޯ

މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑުނީ ކޭބަލްއަކަށް ދިމާވި މައްސަލައަކުން ކަމަށާއި މިހާރު ކަރަންޓް ދެމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިއަދު ހެނދުނު 9:30 އިން ފެށިގެން މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިގެންގޮސްފަ އެވެ. އެކަމުގެ ސަބަބުން މިއަދު ބައެއް އޮފީސްތަކާއި އެކި އިދާރާތަކުގެ މަސައްކަތް ފެށުނީ ވެސް ލަހުންނެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަބްދުލް ރައޫފް މިއަދު ސަން އަށް ވިދާޅުވީ ކަރަންޓް ކެނޑެން މެދުވެރިވީ ކޭބަލަކަށް ދިމާވި މައްސަލައަކުން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

"މިހާރު ކަރަންޓް ދެމުން މިދަނީ، ކުރިއަށް އޮތް 30 ވަރަކަށް މިނެޓް ތެރޭ މުޅި މާލެއަށް ކަރަންޓް ދެވޭނެ،" ރައޫފް ވިދާޅުވި އެވެ.

މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ ސްޓެލްކޯ އިން ދެމުން އަންނަ ކަރަންޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ގިނައިރުތަކެއް ވަންދެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފަ އެވެ.

comment ކޮމެންޓް