ބަތަލާ ކްރިތިކާ ޗައުދަރީގެ ކުނިވެފައިވާ ހަށިގަނޑު ފެނިއްޖެ

ކްރިތިކާ ޗައުދަރީ މަރުވެފައި އޮއްވާ ފެނުނީ މުމްބާއީގައި ހުންނަ އޭނާގެ އެޕާޓްމެންޓުން -- ފޮޓޯ: ފޭސްބުކް

ބޮލީވުޑުގެ ބަތަލާ އަދި މޮޑެލް ކްރިތިކާ ޗައުދަރީ މަރުވެ، އޭނާގެ ހަށިގަނޑު ކުނިވެފައި އޮއްވާ އަނދޭރީގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމެންޓުން އިއްޔެ ފެނިއްޖެ އެވެ.

މުމްބާއީ ފުލުހުންގެ ތަރުޖަމާނު ރާޝްމީ ކަރަންދިކަރު ވިދާޅުވި ގޮތުގައި ކްރިތިކާގެ ހަށިގަނޑު ފެނުނީ އޭނާގެ އެޕާޓްމެންޓުން ކުނި ވަސް ދުވާތީ ފުލުހުންނަށް ގުޅުމުން، ފުލުހުން ގޮސް އެޕާޓްމެންޓުގެ ދޮރު ހަލާކުކޮށްގެން ވަނުމުންނެވެ. ފުލުހުން ލަފާކުރާ ގޮތުގައި އޭނާ މަރުވެފައި އޮންނަތާ ތިނެއް ނުވަތަ ހަތަރު ދުވަސް ވެދާނެ އެވެ.

ކްރިތިކާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ފޮނުވާފައިވާ އިރު، އޭނާ ގަސްތުގައި މަރާލާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އޭނާގެ އެޕާޓްމެންޓު ބޭރުން ތަޅުލާފައި ވުމާއި، ހަށިގަނޑުން ނިޝާންތަކެއް ފެނުން ފުލުހުން ފާހަގަ ކުރި އެވެ.

ހަރީދްވަރު ކިޔާ އަވަށަކަށް އުފަން ކްރިތިކާ ފެނިގެންގޮސްފައި ވަނީ 'ޕަރީޗޭ' ކިޔާ ސިލްސިލާއަކުންނާއި ކަންގަނާ ރަނައުތު ލީޑް ރޯލުން ފެނިގެންދާ 'ރައްޖޯ'އިންނެވެ.

comment ކޮމެންޓް