އެޗްއާރްސީއެމުގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އެޗްއާރްސީއެމުން ހުސްވެފައިވާ ގޮނޑިއަށް ޒާހިދު އައްޔަން ވަނީ ފާސްކޮށްފައި-- ފޮޓޯ/ ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަނަލް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހުސްވެފައިވާ މެމްބަރު ކަމުގެ ގޮނޑިއަށް އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ނައިބެއްގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ޒާހިރު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 57 މެމްބަރުން ވޯޓު ދެއްވި އެވެ. އޭނާއާ އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަށް ވޯޓު ނުދެއްވައި ފަސް މެމްބަރަކު ތަޅުމުގައި އިންނެވި އެވެ.

ޖެންޑާ މިނިސްޓްރީގެ ނައިބެއްގެ މަގާމު ޒާހިރު އަދާކުރައްވަމުން ގެންދަވާތާ ހަ އަހަރުވެއްޖެ އެވެ. އޭގެ ކުރިން އޭނާވަނީ އެޗްއާރްސީއެމްގެ މެމްބަރު ކަމަށާއި ޔޫއެންޑީޕީގެ ނެޝަނަލް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމާއި އެލްޖީއޭގެ ނައިބު ރައީސް ކަމަށާއި އެޓޯލްސް މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރުކަން ކުރައްވާފައިވެ އެވެ.

ޒާހިދުގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާއާ އިންޓަވިއު ކުރެއްވުމަށްފަހު މާކްސް ދެއްވާފައި ވަނީ 88.8 ޕަސެންޓް މާކުހެވެ. އޭނާއަށް މާކްްސް ދިނުމުގައި ބަލާފައި ވަނީ ނަޒާހަތްތެރިކަމާއި މަސައްކަތުގެ ތަޖުރިބާ އާއި ތައުމީލާއި ތަމްރީނުގެ އިތުރަށް ގާބިލުކަމާއި ހުނަރަށެވެ.

comment ކޮމެންޓް