ޕީއެންސީން ބޭނުންވާ ކޮމިޓީއަކަށް އެމްޑީޕީ މެންބަރުންނެއް ނުލެވޭނެ، އިހުތިޖާޖުކުރީ އެހެންވެ: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް މެންބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: މެންބަރުން އިހުތިޖާޖުކުރީ ސޯބެއަށް ރަނގަޅު ކޮމިޓީއަކުން ޖާގަ ނުދިނުމުން ކަމަށް ބުނި --- ފޮޓޯ/ ސްކްރީންޝޮޓް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އިހުތިޖާޖުކުރީ ވެރިކަންކުރާ ޕީއެންސީން ދިން ކޮމިޓީއެއްގައި ދިން މިންވަރަކަށް ތިބެންޖެހޭނެ ކަމަށް ބޭއަދަބީކޮށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވުމާ ގުޅިގެން ކަމަށާއި، މެންބަރުން ތަޅުމުން ނެރުނީ އެހެންވެ ކަމަށް، އެމްޑީޕީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭހެން، އެ ޕާޓީގެ ނުވަ މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައެވެ. އެ މެންބަރުންނަކީ:

  1. ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު
  2. ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
  3. ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު
  4. ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ
  5. މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ
  6. ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
  7. ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް
  8. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް

https://sun.mv/223808

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުރޫފް ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤް ހުވާކުރެއްވިތާ ދެ ހަފުތާވީއިރު އެއްވެސް ކޮމިޓީއަކުން ޞާދިޤަށް އަދި ފުރުސަތުދީފައި ނުވާ ކަމަށެވެ.

"އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ބޭއަދަބީކޮށް މުޚާތަބުކޮށް އެ ބޭފުޅުން ދެއްވި ކޮމިޓީއެއްގައި ދެއްވި މިންވަރަކަށް އަޅުގަނޑުމެން ތިބެން ޖެހޭނެ ކަމަށް މުޚާތަބުކޮށް ވާހަކަދެއްކުމާ ގުޅިގެން، އަޅުގަނޑުމެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މަޖިލީހުގެ ތަޅުމުން މިއަދު މި ވަނީ ނެރެފައި،" މަޢުރޫފް ވިދާޅުވިއެވެ.

މަޢުރޫފް ވިދާޅުވީ، އެމްޑީޕީން އެދެނީ އެ ޕާޓީގެ މެންބަރުން އެންމެ މަދުން ތިބި ކޮމިޓީތަކުގެ ތެރެއިން ދެ ކޮމިޓީއަކުން ޞާދިޤަށް ޖާގަ ދިނުމަށް ކަމަށެވެ.

ނާޒިލް ވިދާޅުވީ، ޞާދިޤަށް ރަނގަޅު ކޮމިޓީތަކެއް ދެވޭނީ މަޖިލީހުގައި މަސައްކަތްކުރައްވާ ގޮތަށް ބެލުމަށް ފަހު ކަމަށް ޕީއެންސީގެ މެންބަރުން ބުނި ކަމަށެވެ. އޭނާ ވިދާޅުވީ، ޞާދިޤަށް ކޮމިޓީއެއް ދިނުމާ ބެހޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި އަމީންއާންމު ފާޠިމަތު ނިއުޝާ އާ ބައްދަލުކުރައްވާފައި ވާނެ ކަމަށެވެ.

"އެހެން ނަމަވެސް މިއަދާ ހަމައަށް ދެ ހަފުތާވެ ނިމިދިޔައީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މި މަޖިލީހުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ކޮމިޓީތަކުގައި ކުރެވޭ މަސައްކަތްތައް، މިކަމުގައި ބައިވެރިވުމެއްނެތި ކޮންމެ ދުވަހަކު ހެނދުނު އައިއްސަ މަޖިލިސް 11 ޖަހާއިރު މި ބޭފުޅުން ނިންމެވީމަ ގެއަށް ވަޑައިގަންނަވަން މި ޖެހެނީ،" ނާޒިލް ވިދާޅުވިއެވެ.

ޕީއެންސީން ބޭނުންވަނީ އެންމެ މަދުން މަސައްކަތްކުރާ ކޮމިޓީތައް ކަމަށްވާ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ ފަދަ ކޮމިޓީތަކުން ޖާގަ ދިނުމަށް ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

މައިނޯރިޓީއެއް ގޮތުގައި މަސައްކަތްކުރާއިރު އެ ފުރުސަތު އެމްޑީޕީއަށް ބޭނުންވާނެ ކަމާއި، ކޮމިޓީތަކުން އިތުރަށް ޖާގަ ދީގެން ޕީއެންސީއަށް ވާނެ ގެއްލުމެއް ނޯންނާނެކަން ނާޒިލް ފާހަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ތަމްސީލުކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި އެންވަޔަރަމަންޓް ކޮމިޓީގެ ޖާގައެއް ދިނުމަށް ޕީއެންސީން އިއްޔެ އެއްބަސްވި ކަމަށެވެ. މިއަދު ޖަލްސާ ފެށުމުގެ ކުރިން އެކަން ކޮށްދޭނެ ކަމަށް ޕީއެންސީން ބުނި ނަމަވެސް، އެކަން ނުކޮށްދިން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެރިކަންކުރާ ޕާޓީއާއި އިދިކޮޅު ޕާޓީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން، އެމްޑީޕީގެ ނުވަ މެންބަރަކު ވަނީ ތަޅުމުން ބޭރުކޮށްފައެވެ. މި މައްސަލަ އުފެދުނީ، ދާދިފަހުން މަޖިލީހަށް އިންތިޚާބުވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤަށް މުހިންމު ކޮމިޓީތަކުން ޖާގަ ނުދިނުމާއި، އެކަމާ ގުޅިގެން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި، ޕީއެންސީން މަސައްކަތްކުރަނީ މައިނޯރިޓީގެ ހައްގުތަކަށް އުނިކަންދީ، މުހިންމު ކޮމިޓީތަކުން އިދިކޮޅު މެންބަރުންނަށް ފުރުސަތު ނުދިނުމަށެވެ.

  • އައު މެންބަރު ހުވާކުރެއްވިތާ ދެ ހަފުތާ ވީއިރުވެސް އެއްވެސް ކޮމިޓީއަކުން ފުރުސަތު ދީފައިނުވުން.
  • ޕީއެންސީން ހުށަހެޅީ ހަމައެކަނި ޕެޓިޝަން އަދި އިމްތިޔާޒު ކޮމިޓީ ފަދަ މަސައްކަތް މަދު ކޮމިޓީތަކުން ޖާގަ ދިނުމަށް.
  • މިނިވަން މުއައްސަސާތަކާއި ތިމާވެއްޓާބެހޭ ކޮމިޓީން ޖާގަ ދިނުމަށް އިއްޔެ ޕީއެންސީން އެއްބަސްވި ނަމަވެސް، މިއަދު އެކަމަށް އަމަލުކޮށްފައިނުވުން.
  • މި މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ ރައީސްއާއި އަމީންއާންމާ އެމްޑީޕީން ބައްދަލުކޮށްފައިވުން.
  • މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ގޮވާލުން.
  • މައިނޯރިޓީ ޕާޓީގެ މެންބަރުންނަށް މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކަށަވަރުކުރުން.
  • މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި އޮންނަންޖެހޭ އިޙުތިރާމް ހިފެހެއްޓުމުގެ މުހިންމުކަން.
comment ކޮމެންޓް