އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ދެ ވަނަ އަށް އެންމެ އިސް ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި އެވެ.
ދަ ހިންދޫ ނޫހުން ބުނީ ރާހުލް ހައްޔަރުކުރީ މަދުޔަ ޕްރަދޭޝް ސްޓޭޓާއި ރާޖަސްތާން ސްޓޭޓް ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ނަޔާގައުން ނަމަކަށް ކިޔާ އަވަށުން ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރާހުލާއެކު އިދިކޮޅު އެހެން ލީޑަރުން ހައްޔަރުކުރީ މަދުޔަޕްރަދޭޝްގެ ދަނޑުވެރިން މުޒާހަރާ ކުރަމުންދާ ސަރަހައްދަކަށް ވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.
ފުލުހުން ވަނީ މަދްޔަ ޕްރަދޭޝް ސްޓޭޓަށް ރާހުލް ވަނަ ނުދީ ހުއްޓުވާފައެވެ. އެ ހިސާބުން އޭނާއާ ފުލުހުންނާ ދެމެދު އަރައިރުންތަކެއް ހިނގި ކަމަށާއި ހައްޔަރު ކުރީ އޭގެ ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަދުޔަ ޕްރަދޭޝްގެ ދަނޑުވެރިން މުޒާހަރާ ކުރަން ފެށީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު ވެއްޓި އެމީހުންނަށް އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތައް ވާން ފެށުމުންނެވެ.
އެ މުޒާހަރާތައް ކޮންޓްރޯލް ކުރަން އިންޑިއާ ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ފަސް ދަނޑުވެރިން ވަނީ މަރުވެފައެވެ.
ނަމަވެސް ބަޑި ޖެހުމުގެ އެ ހާދިސާ ހިނގީ ދެ ދުވަސް ކުރިންނެވެ.