ޢުމްރާއަށް ދާ މީހުންނަށް ސަންގެ ފަރާތުން ހަދިޔާއެއް

ރޯދަމަހުގެ ފަހު ފަނަރައިގައި ޢުމްރާކުރުމަށް މާތްވެގެންވާ މައްކާއަށް ދާން ފުރާ ދިވެހި އަޚުންނާއި އުޚްތުންނަށް، ހަދިޔާއެއްގެ ގޮތުގައި ޢުމްރާ ކުރާނެ ގޮތް ދަސްކޮށްދޭ ދިވެހި ބަހުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ސަން އިން ތައާރަފުކޮށްފި އެވެ. މި ވީޑިއޯ ޕްރެސެންޓޭޝަން ސަން ޓީވީން މިރޭ 8:00 ގެ ޚަބަރުގެ ފަހުން ދައްކަން ވަނީ ނިންމައިފަ އެވެ.

މި ވީޑިޔޯ ޕްރެޒެންޓޭޝަނުގައި، މައްކާއަށް ދާން ފުރުމުގެ ދަތުރަށް ތައްޔާރުވުމުގައި ވިސްނަން ޖެހޭނެ ކަންތައްތަކާއި، އިޙްރާމް ހެދުން އަޅާނެ ގޮތާއި، ޢުމްރާ ކުރާނެ ގޮތާއި، ޢުމްރާގެ އަޅުކަމުގެ ތެރޭގައި ކުރާނެ ޒިކުރުތަކާއި ކިޔާނެ ދުޢާތައް ޢުމްރާގެ ވީޑިޔޯ މަންޒަރުތަކާ އެކު ހިމަނާފައިވެއެވެ.

މި ގޮތުން ފިރިހެނުން އިޙްރާމް ހެދުން އަޅާނެ ގޮތާއި، ޙަޖަރުލްއަސްވަދަށް ބޮސް ދިނުމާއި، ޠަވާފުކުރުމާއި، ސަޢުޔު ކުރުން ފަދަ ޢުމްރާގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ވީޑިޔޯ މަންޒަރުތައް މި ޕްރެޒެންޓޭޝަނުން ފެނިވަޑައިގަންނަވާނެއެވެ.

އުމުރާ ކުރުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މި ވީޑިއޯ ޕްރެސެންޓޭޝަން މިހާރު ސަން ޕްލޭ އިން ވެސް ބަލައިލެވޭނެ އެވެ.

ސަން ޕްލޭ އަކީ އެކި ކަހަލަ ވީޑިއޯތައް ބަލައިލުމަށް ޚާއްސަކޮށްގެން ސަން މީޑިއާ އިން ތައާރަފުކޮށްފައިވާ ޚާއްސަ ވެބްސައިޓެކެވެ. މި ވެބްސައިޓްގައި 3000 އަށް ވުރެ ވީޑިއޯ މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. މިވަގުތު ސަންޕްލޭގައި ހުންނަ ވީޑިއޯތައް ބެލޭނީ އުރީދޫގެ ނެޓްވޯރކް މެދުވެރިކޮށެވެ.

comment ކޮމެންޓް