ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ތަނބެއް --- ފޮޓޯ/ ޓްވިޓަރ (ޑރ. މުހައްމަދު މުއިއްޒު)

މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މައި ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް އަރަން ފަށައިފިއެވެ.

ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ރޭގެ ވަގުތެއްގައި ވަނީ، ބްރިޖުގެ މަސައްކަތްތައް ތާވަލާ އެއްކޮށް ކުރިޔަށްދާ ކަމަށް ވިދާޅުވެ، ޓްވީޓެއް ކުރައްވައިފައެވެ. އެ ޓްވީޓުގައި މިނިސްޓަރު ވަނީ، ބްރިޖު ސައިޓުގެ މަސައްކަތްތައް ފެންނަ ފޮޓޯތަކެއް އާންމު ކުރައްވައިފައެވެ.

އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ފޮޓޯއަކީ، ބްރިޖުގެ ކޮންކްރީޓު ތަނބެއް ކަނޑުގެ ލޮނުގަނޑުގެ މައްޗަށް ފެންނަން ހުރި ފޮޓޯއެވެ.

މައި ބްރިޖާ މާލެއާ ގުޅުވުމަށް ހަދާ އެޕްރޯޗު ބްރިޖުގެ ތަނބެއް މި މަހުގެ 17 ވަނަ ދުވަހު ވަނީ ފެނުން މައްޗާށް އަރައިފައެވެ. އެ ރޭ އޮތް ސަރުކާރު ކޯލިޝަން ޖަލްސާގައި ހައުސިންގް މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން

އެ ރޭ އޮތް ސަރުކާރު ކޯލިޝަން ޖަލްސާގައި، ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، އެދުވަހު ފެނުނު އެންމެ ތަނބެއްގެ އިތުރުން ގިނަ ތަނބުތަކެއްގެ މަސައްކަތްވެސް އެއްފަހަރާ ދަނީ ކުރިޔަށެވެ.

މުއިއްޒު ވިދާޅުވީ، މިހާރު މަސައްކަތް ދާ ސްޕީޑުގައި ކުރިޔަށްދާ ނަމަ، ކުރިޔަށް އޮތް ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި މައި ބްރިޖުގެ ކޮންކްރީޓު ތަނބު ފެންނާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބެއްވެސް ފެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބެއްގެ މަސައްކަތް ނިމި، ލޮނުގަނޑު މައްޗަށް ފެންނަމުން ދާނެ،"

comment ކޮމެންޓް