ރައީސް ޔާމީން ލަންކާގެ ރައްޔިތުންނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ސްރީލަންކާގެ ރައީސް މައިތްރި ޕާލާ ސިރިސޭނާއާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ

އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތައް ލިބި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، ސްރީލަންކާގެ އެތައް ހާސް ބައެއްގެ މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްރީލަންކާގެ ރައްޔިތުންނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިހާދިޘާއާ ގުޅިގެން ލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށާއި އަދި އެގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަށް، ރައީސް ޔާމީން ފޮނުވެއްވެވި ހަމްދަރުދީގެ މެސެޖުގައި އެމަނިކުފާނުވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރާއި އަމިއްލަ ނަންފުޅުގައި ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތާއި މެދު ހަމްދަރުދީވެ ވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ރައީސް ފޮނުއްވި މެސެޖްގައި، ވިއްސާރައިގެ ސަބަބުން ގެއްލުންވި އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާފައިވާއިރު އެމަނިކުފާނު ވަނީ އެ ކާރިޘާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (ޑީއެމްސީ)ން މިއަދު ބުނި ގޮތުގައި އެގައުމަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 146 އަށް އަރައިފައެވެ. އަދި އެހާދިސާތަކުގައި ގެއްލުނު މީހުންގެ އަދަދު ވަނީ 112 އަށް އަރާފައެވެ.

comment ކޮމެންޓް