މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

މާލެއިން ކަރަންޓް ކެނޑިފައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިރޭ 2:10 އެހައިކަންހާއިރު ކަރަންޓު ކެނޑުމާގުޅިގެން ސްޓެލްކޯގެ ޓެކްނީޝަނުން ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އޭޑީބީގެ އެހީގައި ހިންގާ 8.7 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން 8.9 މެގަވޮޓުގެ ޖަނަރޭޓަރެއް ބޭނުންކުރަން ފެށީ ދާދިފަހުންނެވެ.

އެ ޖަނެރޭޓަރު ބޭނުންކުރަން ފެށުމުން މާލޭގެ ކަރަންޓް ކެޕޭސިޓީ 70 މެގަވޮޓަށް ވުރެ އިތުރުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މާލެއަށް ކަރަންޓުދިނުމަށްޓަކައި ޖުމްލަ 27 ޖަނަރޭޓަރު ސްޓެލްކޯ އިން ބޭނުންކުރެއެވެ.

comment ކޮމެންޓް