އާ ޖެނެރޭޓަރުގެ ޓެސްޓެއް ކުރަނީ، މާދަމާ މާލެއިން ކަރަންޓު ކެނޑިދާނެ

ސްޓެލްކޯއަށް ގެނައި 8.9 މެގަވޯޓްގެ ޖަނަރޭޓަރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެލްކޯގައި އަލަށް ބެހެއްޓި 8.9 މެގަވޮޓުގެ ޖެނެރޭޓަރުގެ ޓެސްޓެއް މާދަމާ މަސައްކަތް ކުރާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އޭޑީބީގެ ހިލޭ އެހީގެ ދަށުން ސްޓެލްކޯއަށް އަލަށް ގެނައި 8.9 މެގަވޮޓުގެ ޖެނެރޭޓަރު ބޭނުންކުރަން ފެށީ އާދީއްތަ ދުވަހުއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އާ ޖެނެރޭޓަރުގެ ޓެސްޓެއް މާދަމާ ކުރުމަށް ހަމަޖެހިފައިވެއެވެ.

މާދަމާ ހަވީރު ހަތަރަކާއި ފަހަކާ ދެމެދު އެ ޓެސްޓު ކުރިއަށް ގެންދާ އިރު، މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މާލެއަށް ކަރަންޓު ދިނުމަށް މިހާރު 27 ޖެނެރޭޓަރު ސްޓެލްކޯއިން ބޭނުންކުރާ އިރު، އެ ޖެނެރޭޓަރުތަކުން 72 މެގަވޮޓުގެ ކަރަންޓު އުފައްދައެވެ.

comment ކޮމެންޓް