އެސްޓީއޯ ޑެވޮންޑޭލް މިލްކް ޕައުޑަރ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯ ޑެވޮންޑޭލް މިލްކް ޕައުޑާގެ ނަސީބުވެރި ފަރާތްތައް ހޮަވަނީ --- ފޮޓޯ: އެސްޓީއޯ ސުޕަމާޓު

އެސްޓީއޯ ސުޕަމާޓުން ކުރިއަށް ގެންދިޔަ ޑެވޮންޑޭލް މިލްކް ޕައުޑަރ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވީ މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ޕްރޮމޯޝަނުގެ ދަށުން އެއްވަނައަށް ދާ ފަރާތަކަށް ހުށަހެޅީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ ފަރާތަކަށް 50،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާ އެވެ. ފައިސާގެ އިނާމު ލިބޭ ނަސީބުވެރިން މިއަދު ހޮވި އިރު، އެއް އަހަރު ދުވަހުގެ ޑެވޮންޑޭލް މިލްކް ޕައުޑަރ ލިބިގެންދާ 25 ނަސީބުވެރިން ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހޮވާފައެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ޑެވޮންޑޭލް އަކީ އޮސްޓްރޭލިއާގެ އެއްވަނަ ޑެއިރީ ކުންފުނީގެ މަގާމް ލިބިފައިވާ ކުންފުންޏެވެ. އަދި އެސްޓީއޯއިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެންނެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން ވިޔަފާރިކޮށް، ނުވަތަ ރެޑީމިކްސް ކޮންކްރީޓު ގަނެގެން ފަސް ލައްކަ ރުފިޔާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް "ލައްކަ ސާމާނު"ގެ ނަމުގައި އެކުންފުނިން ވަނީ ހަމަ މި މަހުގެ ތެރޭގައި ފަށާފައެވެ.

comment ކޮމެންޓް