އަޔާޓާގެ ގްރައުންޑް އޮޕަރޭޝަންސް ސޭފްޓީ އޮޑިޓުންު ވެލާނާ އެއަޕޯޓު ފާސްވެއްޖެ

އިންޓަނޭޝާނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ)ގެ ގްރައުންޑް އޮޕަރޭޝަންސް ސޭފްޓީ އޮޑިޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފާސްވެ، އެކަމުގެ ސެޓްފިކޭޓް އެ އެއާޕޯޓަށް ލިބިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނި ގޮތުގައި، އަޔާޓާގެ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް (އިސާގޯ)ގެ ޝަރުތުތައް އެ އެއާޕޯޓުން ފުރިހަމަކުރީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެމްއޭސީއެލުން ބުނީ އަޔާޓާއިން އެ އޮޑިޓު ކޮށްފައި ވަނީ އޯގަނައިޒޭޝަން އެންޑް މެނޭޖްމެންޓް، ލޯޑު ކޮންޓްރޯލް، ޕެސެންޖާ އެންޑް ބެގޭޖް ހެންޑްލިންގް އެއާކްރާފްޓް ހެންޑްލިންގް އެންޑް ލޯޑިންގް، އެއާކްރާފްޓް ގްރައުންޑް މޫވްމެންޓް އަދި ކާގޯއާއި މެއިލް ހެންޑްލިންގް ޚިދުމަތްތަކެވެ.

އެމްއޭސީއެލުން ބުނީ ވެލާނާ އެއާޕޯޓަށް އިސާގޯ ސެޓްފިކޭޝަން ހޯދި އިރު، ގްރައުންޑް އޮޕަރޭޝަންސްއަށް ބޭނުންވާ މެނުއަލްތައް އުފައްދާފައިވާ ކަމަށާއި، ގަވައިދުން އޮޑިޓުތައް ކުރިޔަށް ގެންދިޔަ ކަމަށެވެ.

އަދި އޮޑިޓުގައި މިންގަނޑުތަކަށް ވެލާނާ އެއަޕޯޓުގެ ގްރައުންޑް ހެންޑްލިންގް ޚިދުމަތްތައް ފައްތާފައިވާ އިރު، އޭގެ ސަބަބުން އެކަންކަން ކުރިޔަށް ވުރެ ފެންވަރު ރަނގަޅުވެ، ރައްކާތެރިވެފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

comment ކޮމެންޓް