ލީސާ ހޭޑަން އަށް ފިރިހެން ކުއްޖަކު ލިބިއްޖެ

ބޮލީވުޑް އެކްޓްރެސް ލީސާ ހޭޑަން އަދި އޭނާގެ ފިރިމީހާ ޑީނޯ ލާލްވާނީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

މިއީ ލީސާ އާއި ޑީނޯގެ ފުރަތަމަ ދަރިފުޅެވެ. ދެމަފިރިންނަށް ކުއްޖަކު ލިބުނުކަން ހާމަކޮށްފައި ވަނީ ލީސާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.

ލީސާ ވަނީ ދަރިފުޅު އުރާލައިގެން ހުރެ ޑީނޯ އާ އެކު ހޮސްޕިޓަލް ކުރިމަތީގައި ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމް ކޮށްފަ އެވެ.

ލީސާ ވިހާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ދަރިފުޅަށް ދީފައިވާ ނަމަކީ ޒެކް ލާލްވާނީ އެވެ.

ކާމިޔާބު މޮޑެލް ލީސާ ވަނީ 'ކުއީން'، 'އައިޝާ'، 'އޭ ދިލް ހޭ މުޝްކިލް'، ؛ހައުސްފުލް 3' އަދި 'ދަ ޝައުކީންސް' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.

'ކުއީން' އިން އޭނާ ވަނީ އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްގެ ފިލްމުފެއާ އެވޯޑަށް ނޮމިނޭޓް ވެފަ އެވެ.

އޭގެ އިތުރުން ލީސާ ވަނީ 'ދަ ޓްރިޕް' ކިޔާ ވެބް ސީރީޒް އަކުން ވެސް ފެނިގެން ގޮސްފަ އެވެ.

ލީސާ އާއި ޑީނީ ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. ދެމީހުން ކައިވެނި ކުރީ އެއް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.

comment ކޮމެންޓް