އެފްއެންބީ ޝޯގައި މިރޭ ހަބޭސްގެ ބޮޑުބެރު، މާދަމާ ރޭ ބޮޑުބެ!

ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރުގެ ޝޯވގައި ހަބޭސް ބޮޑުބެރު ގްރޫޕް ހުށަހަޅައިދެނީ --- ފޮޓޯ/ ހަބޭސް އޮފިޝަލް ފޮޓޯގުރާފަރު: ޝައްމޫން

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ މިއަދު ފަށާފައިވާއިރު މިރޭ، އެ ޝޯގެ ތެރެއިން ހަބޭސް ބޮޑުބެރުގެ ހަރަކާތްތައް ދައްކާލަން ހަމަޖައްސައިފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން، މުހައްމަދު ޝާމިން ވިދާޅުވީ، އެފްއެންބީ ޝޯގެ ތެރެއިން މުނުފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ދާނެ ކަމަށާއި އެގޮތުން މިރޭ 08:00 އިން 10:00 އަށް އެސަރަހައްދުގައި ހަބޭސް ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި މާދަމާ ރޭގެ ހަރަކާތްތައް ކުރިއަށްދާނީ ރޮބޯ މޭން އާއި ކާޓޫން ކެރެކްޓާސް އަދި ބޮޑުބެރާ އެއްކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާމިން ވިދާޅުވި ގޮތުގައި މާދަމާ ރޭ އޮތް އެންމެ ޚާއްސަ އެއް ކަމަކީ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި، އިބްރާހިމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތައްވެސް މާދަމާ ރޭ ފެނިގެން ދިއުމެވެ.

އެފްއެންބީ ޝޯ އަކީ ހަމަ އެކަނި ކާބޯތަކެތީގެ ބާވަތްތައް ޝޯކޭސް ކުރާ ޝޯއެކެވެ. އެ ޝޯގެ ފުރަތަމަ މައުރަޒު ބޭއްވީ މިދިޔަ އަހަރު އެވެ.

ޝޯގައި ބައިވެރިވާ ފަރާތްތައް:

  1. ހޮބްސަންސް ޗޮއިސް
  2. ފޭންސީ ފުޑްސް
  3. ފުޑް ހަބް
  4. ސްޓެލްކޯ ފެން
  5. ޔޫރޯ ސްޓޯރ
  6. ކެފޭ ޑި އިޓާލިއާ
  7. ދަ ބެރީ ކޮމްޕެނީ
  8. ޑައިން
  9. ލިލީ އިންޓަނޭޝަނަލް
  10. އޮންދިގޯ
  11. ވީއެޗް ހޯލްޑިނގްސް - މޫވެންޕިކް
  12. ލޮޓަސް
  13. ޑިވައިން
  14. ޔުނައިޓެޑް ފުޑް ސަޕްލަޔާސް
  15. ކޮކާކޯލާ

މިއަހަރުގެ ޝޯ 15 ކުންފުންޏަކާ އެކު ފަށާފައިވާއިރު، ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު (ހައިރައިސް އިއްސެ) ވިދާޅުވީ މިއަހަރުގެ ޝޯ މިދިޔަ އަހަރާ އަޅައިބަލާއިރު ވަރަށް ތަފާތު ވާނެ ކަމަށެވެ. އެގޮތުން މައުރަޒު އޮންނަ ތިން ދުވަސްތެރޭގައި ކޮންމެ ދުވަހަކު ދޭ ޑެއިލީ އިނާމުތަކަކާއި ވިޒިޓް އެންޑް ވިން އާއި އެކްސްޕީރިއެންސް އެންޑި ވިން ފަދަ ޕްރޮމޯޝަންތައްވެސް މައުރަޒުގެ ތެރެއިން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އާޓްގެލެރީގައެވެ.

"މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ ޝޯގައި އިތުރު ބްރޭންޑުތަކާއި ގިނަ ޕްރޮޑަކްޓުތަކެއް ދައްކާލާނެ. އަދި ރާއްޖެއިން މިވަގުތު ލިބެން ހުރި އެންމެ މޮޅު އައިސް ކްރީމްގެ ބާވަތްތައްވެސް ދައްކާލާނެ،" އިއްސެ ވިދާޅުވިއެވެ.

އެފްއެންބީ ޝޯގެ މިއަހަރުގެ މައުރަޒުގެ މެއިން ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރުންނަކީ އޮންދިގޯ މޯލްޑިވްސް އާއި ލޮޓަސް ފިހާރައެވެ. އަދި މިދިޔަ އަހަރާއި މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.

comment ކޮމެންޓް