ޓްރީޓޮޕް ހޮސްޕިޓަލުން، ގޭގައި ތިބެގެން ފިޒިއޮތެރަޕީ ފަރުވާ ލިބޭގޮތަށް ޚާއްޞަކޮށްފައިވާ އައު ދެ ޕެކޭޖެއް މިއަދު ތައާރަފުކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި އައު ޕެކޭޖުތަކުގެ މަގުސަދަކީ ފަރުވާ ހޯދާ ފަރާތްތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް، ތަދު ލުއިކޮށްދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭނެ ފިޒިއޮތެރަޕީ ފަރުވާ ފަސޭހައިން ލިބިދިނުން ކަމަށެވެ.
އަލަށް ތައާރަފުކުރި އެއް ޕެކޭޖު ކަމަށްވާ، ޕެއިން މެނޭޖްކުރުމުގެ ޕެކޭޖު ޚާއްސަކޮށްފައިވަނީ ދިގު މުއްދަތަކަށް ނުވަތަ ކުއްލިއަކަށް ވާ ތަދުތަކަށް ލުޔެއް ހޯދަން ބޭނުންވާ މީހުންނަށެވެ.
މި ޕެކޭޖުގައި ހިމެނެނީ:
- ބަލިމީހާގެ ބޭނުންތަކަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އަސާސީ ތެރަޕިއުޓިކް އެކްސަސައިޒް ނުވަތަ ކަސްރަތު ފަރުވާ
- ތަދު ލުއިކޮށްދިނުމަށް ޚާއްޞަކޮށްފައިވާ އިލެކްޓްރޯތެރަޕީ ފަރުވާތައް
- ތަދު ލުޔިކުރުމަށް ބޭނުންކުރާ ޓެކްނިކްތަކާ ބެހޭ އިރުޝާދު
މި ޕެކޭޖަކީ ތަދު ލުއިކުރުމަށް އެކި އާލާތްތަކާއި މާހިރުންގެ އިރުޝާދާއެކު ދެވޭ ފުރިހަމަ، ވަށައިޖެހޭ ޕެކޭޖެއް ކަމަށް ޓްރީޓޮޕުން ބުނެއެވެ.
އައު ދެވަނަ ޕެކޭޖަކީ ފަންކްޝަނަލް އިމްޕްރޫވްމަންޓް ޕެކޭޖެވެ. އެއީ ހަރަކާތްތެރިކަން އިތުރުކޮށް، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ފަސޭހަ ކުރުމަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖުގައި ހިމެނެނީ:
- ހަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން ދެވޭ ޚާއްޞަ ތެރަޕިއުޓިކް ފަރުވާ
- ހަރަކާތްތެރިކަން ރަނގަޅުކުރުމަށް ބޭނުންވާ އިރުޝާދު، މީގެ ސަބަބުން ބަލިމީހުންނަށް އަމިއްލައަށް ކަސްރަތު ފަރުވާ ހޯދޭނެ
އިތުރަށް ނެގިދާނެ ފަރުވާ ނުވަތަ އެޑްއޮން ފަރުވާތަކުގެ ތެރޭގައި، އިންޓަފެރެންޝަލް ތެރަޕީ އަދި އަލްޓްރާސައުންޑް ތެރަޕީ ހިމެނެއެވެ.
މި ޕެކޭޖަކީ އެކިކަހަލަ އަނިޔާލިބި، ރަނގަޅުވަމުންދާ މީހުންނަށާއި، ހަށިގަނޑުގެ ހަރަކާތްތެރިކަމާއި ގާބިލުކަން އިތުރުކުރަން ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ ޕެކޭޖެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށާއި ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތައް ދިނުންކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޓްރީޓޮޕްގެ ޚިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު 3351630އަށް ގުޅުމުން ލިބޭނެއެވެ.