އިންޓަރ އޮފީސް، ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ފިރިހެންބައިގެ އެއްވަނަ ފުލުހުންނަށް

އިންޓަރ އޮފީސް ކޮމްޕެނީ ވޮލީ މުބާރާތުގެ ތެރެއިން---

އިންޓަރ އޮފީސް، ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހޯދައިފިއެވެ.

ޕޮލިހުން މެޗު ކާމިޔާބުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 24-26 އިންނެވެ.

ދެވަނަ ސެޓަށް ބަލާއިރު ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ސެޓެކޭ އެއްގޮތަށް މި ސެޓު ފުލުހުން ގެންދިޔައީ 24-26 އިންނެވެ.

ފުަރަތަމަ ދެ ސެޓު ހަމަހަމަކޮށް ގޮސް ފުލުހުންގެ ކޮޅަށް ނިމުނުއިރު ފަހު ސެޓް ފުލުހުން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 14-25 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ޞާދިގު މޫސާއެވެ.

comment ކޮމެންޓް