"މައިލޯ 5K ޓީމް ރަން" އަށް ހިލޭ ރަޖިސްޓަރީ ކުރަން ހުޅުވާލައިފި

މައިލޯ 5K ޓީމް ރަން --

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން، މި ހިނގާ މެއި މަހުގެ 20 ވާ ހޮނިހިރު ދުވަހު "މައިލޯ 5K ޓީމް ރަން" އަށް ހިލޭ ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ޓީމް އުސޫލުން ވާދަކުރެވޭ އެ ދުވުމުގައި ރަޖިސްޓާ ކުރުމުގެ ސުންގަޑި މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ވެސް ވަނީ އިތުރުކޮށްފައެވެ.

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭސް ފަށާނީ 20 ވަނަ ދުވަހުގެ 4:30ގައެވެ.

ރޭހުގައި ހިލޭ ރަޖިސްޓްރީ ކުރެވޭ އިރު ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ފޭސް ބުކް ޕޭޖްގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަނުން ވެސް ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.

ރޭހުގައި ބައިވެރިވުމަށް ޓީމްތައް ހަދާ އިރު ސީނިއާ ޓީމްގައި ކޮންމެ ޓީމެއްގައި މަދުވެގެން 2 އަންހެން ބައިވެރިން ހިމަނަން ޖެހެ އެވެ. ފަސް ކިލޯ މީޓަރު ރޭސް 45 މިނިޓް ތެރޭގައި ނިންނަމަން ޖެހޭ އިރު ރޭސް ނިންމި ގަޑިކަމަށް ބެލެވޭނީ ޓީމްގެ ފަސް ބައިވެރިންގެ ތެރެއިން 4 ވަނަ ދުވުންތެރިއާ ނިމޭ ގަޑިއެވެ.

އަގު ބޮޑު އިނާމްތަކާ އެކު ކުރިއަށްދާ ރޭހުގައި 14 އަހަރުން ދަށުގެ ކުދިންނަށް "ޖޫނިއަރ ކެޓަގަރީ"ގެ ދުވުން ކުރިއަށްގެންދާ އިރު އެ ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ހިލޭވަނީ ހުޅުވާލާފައިވެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުންބުނީ "މައިލޯ 5K ޓީމް ރަން" ބޭއްވުމުގެ މަގްސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި ހޭލުންތެރި ކުރުމުގެ އިތުރުން އެކުވެރި މާހައުލެއް ގާއިމްކުރުމެވެ.

މި ރޭހުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް