ދެ ގަޑިއެއްްހާއިރު ފަހުން، ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް އަނބުރާ ކަރަންޓްދީފި

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) --- ސަން ފައިލް ފޮޓޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގައި ބޭނުންކުރަމުން އަންނަ ދެ އިންޖީނެއް ފެއިލްވެ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރެއްހާއިރު ފަހުން އަނބުރާ ކަރަންޓް ދީފި އެވެ.

މިއަދު 10:00 ޖަހާ އެހާކަންހާއިރު މާލޭގެ އެކި ހިސާބުތައް ހިމެނޭ ގޮތަށް ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ އިރު އަނބުރާ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފައި ވަނީ 12:00 ޖަހާއެކަންހާއިރު އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ކަރަންޓު ކެނޑުނީ އެ ކުންފުނިން ބޭނުންކުރަމުން އައި ދެ އިންޖީނެއް ފެއިލްވެގެން ކަމަށެވެ. މިހާރު އެމައްސަލަ ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ކަރަންޓުގެ ލޯޑް ބޮޑުވަމުން އަންނާތީ ސްޓެލްކޯ އިން މިހާރު ވަނީ އިތުރު ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

comment ކޮމެންޓް