އެމެރިކާ އާއި ޗައިނާ އިން ވިޔަފާރީގެ ބޮޑެތި ހުރަސްތަކެއް ނައްތާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ----

އެމެރިކާ އާއި ޗައިނާއާ ދެމެދު ވިޔަފާރިކުރުމަށް ހުރި ބޮޑެތި ހުރަސްތަކެއް ނައްތާލައި، 10 ނުކުތާގެ އެއްބަސްވުމެއްގައި އެކުލަވާލައިފި އެވެ.

ދުނިޔޭގައި ހުރިހާ ގޮތަކުންވެސް އެންމެ ވާދަވެރި ދެ ގައުމުގެ ދެމެދުގައި އެކުލަވާލި މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ކްރެޑިޓް ރޭޓިންގް އޭޖެންސީތަކާއި ކްރެޑިޓް ކާޑު ކުންފުނިތަކަށް ޗައިނާގެ މާކެޓު ހުޅުވިގެން ދާނެ އެވެ.

އެއްބަސްވުމުގެ ދަށުން އެމެރިކާ އިން އުފައްދާ ގެރިމަހާއި، ލިކުއިފައިޑް ނެޗުރަލް ގޭސް ޗައިނާއަށް އިމްޕޯޓުކުރެވޭ އިރު، ޗައިނާއިން އުފައްދާ ކުކުޅު މަސް އެމެރިކާގެ މާކެޓަށް އެކްސްޕޯޓު ވެސް ކުރުމުގެ ފުރުސަތު ފަހިވެ އެވެ.

އަދި ޗައިނާގެ ބޭންކުތަކަށް އެމެރިކާގެ މާކެޓު ހުޅުވިގެން ދާނެއެވެ.

އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، އެމެރިކާއާ އެކު އޮތް ޗައިނާގެ ޓްރޭޑް ސާޕްލަސް މި އަހަރު ނިމުމުގެ ކުރިން ދަށްވެގެން ދާނެ އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަރާތަކެއް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މި އެއްބަސްވުން އެކުލަވާލުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާއާ މެދު ދެކެވަޑައިގަންނަވަމުން އައި ހަރުކަށި ގޮތް ދޫކޮށްލަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް އެމެރިކާގެ އިގްތިސާދާ ބެހޭ މާހިރުން ބުނެ އެވެ.

comment ކޮމެންޓް