"ދަބަންގް 3"ގައި ސަލްމާންގެ ލޯބިވެރިޔާ މުހިއްމު ރޯލަކުން!

"ދަބަންގް 3"ގައި ޔޫލިއާ މުހިއްމު ރޯލެއް ކުޅޭން---

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން އާއި އޭނާގެ ރޫމޭނިޔާ ލޯބިވެރިޔާ ޔޫލިއާ ވަންތޫރު އާ ދެމީހުންގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަ ދެކެވެމުން އަންނަނިކޮށް ބޮލީވުޑްގައި މަގްބޫލްކަން ހޯދާފައިވާ "ދަބަންގް"ގެ ތިން ވަނަ ސިލްސިލާގެ މުހިއްމު ރޯލަކުން ޔޫލިއާ ފެންނާނެ ކަމަށް ހަބަރުތައް ފެތުރިއްޖެ އެވެ.

ޔޫލިއާ ދާދިފަހުން ވަނީ މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމްޔާގެ އަލްބަމަކަށް ލަވަ ކިޔައިދީފަ އެވެ.

"ދަބަންގް 3"ޑައިރެކްޓް ކުރާނީ މިސިލްސިލާގެ ކުރީގެ ދެ ފިލްމު ވެސް ޑައިރެކްޓަރު ކުރި އަރްބާޒް ޚާނެވެ. އަދި މިފަހަރުގެ ފިލްމުގައި ޔޫލިއާ އަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ރޯލެއް ހިމެނޭ ކަމަށްވެ އެވެ.

ޔޫލިއާ "ދަބަންގް 3"ގައި މުހިއްމު ރޯލަކުން ފެނުނު ކަމުގައި ވިޔަސް މީގެ ކުރިން ނެރެފައިވާ "ދަބަންގް"ގެ އެހެން ފިލްމުތައް ކުޅެފައިވާ ސޮނާކްޝިީ ސިންހާ މިފަހަރުގެ ފިލްމުން ވެސް ފެންނާނެ އެވެ.

ސަލްމާން އާއި ޔޫލިއާ ކައިވެނި ކުރާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު ޔަގީންވާ ކަމަކީ ސަލްމާން ޔޫލިއާއާ ކައިވެނި ނުކުރިޔަސް އޭނާގެ ފިލްމީ ކެރިއަރު ފެށުމުގައި އެހީތެރިވާން ނިންމާފައިވާ ކަމެވެ.

ޔޫލިއާ ސަލްމާން މެން ގެއަށް ވަރަށް ގިނައިން ގޮސް އުޅޭ ކަމަށް ވެ އެވެ. އަދި ސަލްމާން އާ އޮންނަ ގާތްކަމެއްގެ ސަބަބުން އޭނާގެ އާއިލާ އަށް ވެސް ޔޫލިއާ ވަރަށް ގުޅުން ބޮޑެވެ. ދާދި ފަހުން ސަލްމާންގެ އާއިލާ ރާއްޖެ އައި އިރު ވެސް ޔޫލިއާ ވަނީ އެމީހުންނާ އެކު ބައިވެރިވެފަ އެވެ.

comment ކޮމެންޓް