އީމް ނިޒާމާ އެކު ބާއްވާ ސެލެބްރިޓީ މޭކަޕް ކްލާހުގެ މޮޑެލަކަށް ސުނީ!

އީމް ނިޒާމް އާއެކު ބާއްވާ މޭކަޕް ކްލާހުގައި ސުނީ މްޑެލް ކުރާނެ---

މޭކަޕް ކުރަން ޝައުގުވެރިކަން ހުންނަ ކުދިންނަށް އޮތީ އުފާވެރި ހަބަރެކެވެ. މި މަހުގެ 19 އިން 21 ވަނަ ދުވަހުގެ ނިިޔަލަށް މިވަނީ ޕްރޮފެޝަނަލް ލެވެލްގެ ވަރުގަދަ ކޯހެއް އިއުލާނުކޮށްފައެވެ. މި ކޯހުގެ ފަހަތުގައި ހުރީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އަދި ސޯޝަލް މީޑިއާގައި ވެސް ބެލުންތެރިންގެ ސަމާލުކަން ދަމައިގަނެފައިވާ ޒުވާން ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި އުންމީދި މޮޑެލް އީމް ނިޒާމެވެ.

އީމް ނިޒާމާ އެކު ބާއްވާ ސެލެބްރިޓި މޭކަޕް ކްލާހުގެ މޮޑެލަކަށް ކަނޑައަޅާފައި ވަނީ މެދުކެނޑުމެއްނެތި 22 އަހަރު ބެލުންތެރީން މުނިފޫހިފިލުވައިދެމުން އަންނަ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) އެވެ. ސުނީ ހުރީ އެ ފުރުސަތު ލިބުމުން އުފަލުންނެވެ.

"ސަން" އާ ވާހަކަދައްކަމުން ސުނީ ބުނީ، އެންމެ ފުރަތަމަ އެ ކްލާސްތައް އިންތިޒާމު ކުރި ފަރާތުން ސުނީއަށް ގުޅުމަށް ފަހު އޭނާއަށް އެ ފުރުސަތު ދިނީ ކަމަށެވެ.

ސުނީތާ ---

"ވަރަށް އެކްސައިޓިން ވެފައި މިހުރީ. ވަރަށް ވަރަށް އުފާވެފައި މިހުރީ. އަސްލު ދުވަހަކު ވެސް ކުރިން އެކަހަލަ ކަމެއް ނުކުރަން އަދި. ވަރަށް ހެޕީ،" އުފަލުން ހުރި ސުނީ ބުންޏެވެ.

ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ ހިތްތައް ދަމައިގަނެފައިވާ ސުނީ ބުނީ، އޭނާއަށް ޖެހޭނީ އެމީހުން ކުރާ ވަރަށް ތަފާތު މޭކަޕެއްގައި މޮޑެލް ކުރަން ކަމަށެވެ. އޭނާ ބުނީ އެމީހުން އެ ކުރާ މޭކަޕެއް އޭނާ ދައްކާނެ ކަަމަށެވެ.

"ވަރަށް ތަފާތު ލުކެއްގެ މޭކަޕެއް އެމީހުން ކުރާނީ،" ސުނީ ބުންޏެވެ.

މި ކޯހުގައި ކްލާސްތައް ނަގައިދޭނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ސެލެބްރިޓީ މޭކަޕް އާޓިސްޓެއް ކަމަށްވާ ޖަމީލާ ޕައުލް އެވެ. ޖަމީލާ ޕައުލް އަކީ، ދުބާއީގައި ހުންނަ އާޓިލާ އެކަޑަމީގެ ވެރިޔާވެސްމެ އެވެ. އޭނާއަކީ މޭކަޕް ކުރުމާއި އިސްތަށިގަނޑު ރީތި ކުރަން ދަސްކޮށްދިނުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ.

އެ މޭކަޕް ކްލާހުގައި ކްލާސްތައް ނަގައިދޭނީ ޕްރެފެޝަނަލް މޭކަޕް އާޓިސްޓުން---

އީމް ނިޒާމާ އެކު ބާއްވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

މޭކަޕް ކުރުމަށާއި ތަފާތު ގޮތްގޮތަށް އިސްތަށިގަނޑު ހެދުމަށް ލޯބިކުރާ ކުދިންނަށް މިއީ ރަނުގެ ފުރުސަތެކެވެ. ބައިވެރި ވުމުގެ ފުރުސަތު ލިމިޓްކޮށްފައިވާ މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ފެންވަރުގެ ސެޓްފިކެޓެއް ދެއެވެ.

comment ކޮމެންޓް