ދިވެހި ބަހުގެ ގާނޫނު އޮތީ ގެޒެޓުގައި: އަޝްރަފް އަލީ

ދިވެހި ބަހާއި ތާރީހުގެ ހާއްސަ އެޕިލިކޭޝަންތަކެއް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ

ދިވެހިބަހުގެ ގާނޫނު އޮތީ ގެޒެތުގައި ކަމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

ދިވެހި ބަހާއި ތާރީހުގެ ހާއްސަ އެޕްލިކޭޝަންތަކެއް އިފްތިތާހު ކުރުމަށް ރޭ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަޝަރަފް ވިދާޅުވީ، އެޕްލިކޭޝަަނެއްގެ ގޮތުގައި ގާނޫނު ތައާރަފު ކުރުން ވެގެން ދާނީ ދިވެހި ބަހަށް ލިބޭ ބޮޑު ކުރި އެރުމެއްކަމަށެވެ.

"މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ކޮންމެ ތާކު ކޮންމެ ހުރެގެން ކޮންމެ ވަގުތެއްގައިވެސް ގާނޫނުގެ އެކިއެކި ނުކުތާތަށް ސައްހަ ގޮޮތުގައި ފެންނަން އޮންނާނެ"، އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑެމީން ބުނީ މި އެޕްލިކޭޝަން ތަށް ތައާރަފުކުރުމުގެ މަގުސަދަކީ ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުން ކަމަށާއި ދިވެހި ތާރީހާއި ސަގާފަތާއި ބެހޭ މައުލޫމާތު ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި އޭގެ އެންމެ ސައްހަގޮތުގައި އާންމުނަށް ފޯރު ކޮއްދިނުން ކަމުގައެވެ.

ދިވެހި ބަހާއި ތާރީހުގެ ހާއްސަ އެޕިލިކޭޝަންތަކެއް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ

މުޅިއެކު ތިން އެޕިލިކޭޝަން ރޭ އެ އެކެޑެމީއިން ތައާރަފު ކޮއްފައިވާއިރު ކުޑަކުދީންނަށް ހާއްސަކޮއްގެން ފޮތެއްވެސް ވަނީ ނެރެދެއްވައިފައެވެ.

ދިވެހިބަހުގެ އެކެޑެމީން ތައާރަފް ކުރި އެޕްލިކެޝަންތައް:

  • ދިވެހި ބަހުގެ ގާނޫނު
  • ތުއްރަވާސް
  • ލަފްޒު ވަކި ކުރުމުގެ އެޕްލިކޭޝަން

މި އެޕްލިކޭޝަން ތަކުގެ ސަބަަބުން ސްކޫލްތަކުގެ ދަރިވަރުންނަށާއި ކޮލެޖު ޔުނިވާސިޓީ ތަކުގެ ދަރިވަރުން ބަހާއި ތާރީހަށް އަހުލުވެރިވެ، ދަރިވަރުންގެ ހިއްތަކުގައި މިކަމަށް ލޯބިޖައްސައި އަންނަން އޮތް ޖީލުތަކަށް ވާސިލުކޮއްދިނުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް އެ އެކެޑެމީއިން ބުންޏެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު އެވެ.

comment ކޮމެންޓް