'ބާހޫބަލީ'ގެ ތަރި ޕްރަބާސާ ކައިވެނި ކުރަން އެދި 6000 ހުށަހެޅުމެއް!

އެސްއެސް ރާޖާމޯލީގެ ކާމިޔާބު ފިލްމު ފްރެންޗައިޒް، 'ބާހޫބަލީ'ގެ ތަރި ޕްރަބާސްގެ ކައިވެންޏަށް އެދި 6،000 ހުށަހެޅުން ލިބުނު ކަމަށް ޚަބަރުތައް ބުނެފި އެވެ.

ބަހޫބަލީ: ދަ ބިގިނިންގ' އަދި 'ބަހޫބަލީ 2: ދަ ކޮންކްލޫޝަން' ގައި ވެސް ފެނިގެން ގޮސްފައިވާ ތެލުގޫ އެކްޓަރަށް ބޮޑު މަގުބޫލުކަމެއް ވަނީ ލިބިގެން ގޮސްފަ އެވެ. ޚާއްސަކޮށް ޒުވާން އަންހެން ކުދިންގެ މެދުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދެ ފިލްމުގެ މަސައްކަތް ކުރަމުން ދިޔަ އިރު، ޕްރަބާސް އާ ކައިވެނި ކުރަން ބޭނުންވެގެން އޭނާ އަށް 6000 ހުށަހެޅުމެއް ވަނީ ލިބިގެން ގޮސްފަ އެވ.

ނަމަވެސް ޕްރަބާސް ވަނީ އެ 6000 ހުށަހެޅުމަށް ވެސް ނޫނެކޭ ބުނެފަ އެވެ. އޭނާ ހުރިހާ ހުށަހެޅުމަކަށް ނޫނެކޭ ބުނެފައި ވަނީ މަސައްކަތަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށްވެ އެވެ.

އުމުރުން 37 އަހަރުގެ ޕްރަބާސް މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވާއިރު، މިވަގުތު އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވެސް ނުބެލެވެ އެވެ.

comment ކޮމެންޓް