ރޯދައާ ދިމާކޮށް އީވޯ ފްލޯރިންގުން 40 ޕަސަންޓާ ހަމައަށް ޑިސްކައުންޓް

އީވޯ ފްލޯރިންގްގައި ހުރި ބައެއް ފްލޯރިންގް ޕްރޮޑަކްޓްސް -- ފޮޓޯ/ އީވޯ

ކުރިޔަށް އޮތް ރޯދަ މަހާ ދިމާކޮށް، އީވޯ ފްލޯރިންގުން 40 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފްލޯރިންގާ ގުޅޭ އެކިއެކި ތަކެތި ވިއްކާ އީވޯ ފްލޯރިންގްގެ ރޯދަ ޕްރޮމޯޝަން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށް އެ ތަނުން ބުންޏެވެ.

އީވޯ އިން ބުނި ގޮތުގައި، އެތަނުން ވިއްކާ ޖަރުމަނުގެ ޕެރެޑޯ ބްރޭންޑުގެ ފްލޯރިންގް ޕްރޮޑަކްޓްތައް 40 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބި، އަދި އިންސްޓޮލޭޝަނާއި އަންޑަރލޭ އަޅައިދިނުން މުޅިން ހިލޭ ކުރިޔަށް ދާނެ އެވެ.

އެގޮތުން، ޕްރޮމޯޝަން ހިނގާ މުއްދަތުގައި ފްލޯރިންގްގް ޕްރޮޑަކްޓުތައް ވިއްކާނީ 28.74 ރުފިޔާއަށް ކަމަށާއި މިއީ މިވަގުތު ރާއްޖޭގެ މާކެޓުގައި ފްލޯރިންގް ޕްރޮޑަކްޓްސް ލިބޭނެ އެންމެ ހެޔޮ އަގު ކަމަށް އީވޯއިން ބުނެ އެވެ.

އީވޯ ފްލޯރިންގްގެ ފްލޯރިންގް ޕްރޮޑަކްޓްތައް ލެމިނޭޓު، ވައިނިލް، ކްލިކްޓެކްސް އަދި އިންޖިނިއަޑް ވުޑް ނުވަތަ ލަކުޑީގެ އުފެއްދުމުގެ ގޮތުގައި ވެސް ހުރެ އެވެ. އަދި ތަފާތު ކުލަތަކާއި ފަރުމާތަކުން ފްލޯރިންގް ޕްރޮޑަކްޓްސް ލިބެން ހުރެ އެވެ. މި ފްލޯރިންގް ޕްރޮޑަކްޓްތަކަކީ ގިނަ ދުވަހަށް ހަލާކުނުވެ ދެމިގެންދާ، ފެންވަރު ރަނގަޅު އަދި ކޮލިޓީ ޕްރޮޑަކްޓްތަކެކެވެ.

comment ކޮމެންޓް