މެޗަކުން ބަލިނުވެ އެމްއާރްޑީސީން ސެމީ ކަށަވަރު ކުރިއިރު އެމްއޭސީއެލްވެސް ސެމީއަށް

މިރޭ އެމްއާރްޑީސީ އަދި އެލައިޑް ބައްދަލު ކުރި މެޗުގެ ތެރެއިން--ސަންފޮޓޯ/ މުހައްމަދު އަފްރާހް

ހައުސިންގ މިނިސްޓްރީ ބަލިކޮށް އެމްއޭސީއެލްއިން ކްލަބްމޯލްޑިވްސް ކަޕްގެ ސެމީން ޖާގައެއް ކަށަވަރުކުރިއިރު އެލައިޑް އިންޝުއަރެންސް ބަލިކޮށް އެމްއާރްޑީސީން ވެސް ސެމީގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިފިއެވެ.

މިރޭ މާފަންނު ވެލިދަނޑުގައި ކުރިއަށްދިޔަ ކުއާޓަރފައިނަލް މެޗް އެމްއާރްޑީސީން ކާމިޔާބުކުރީ 6-2 ލަނޑުން ހައުސިންގ ބަލިކޮށްގެންނެވެ. އެމްއޭސީއެލްއިން އެލައިޑް ބަލިކުރީ 6-2 ނަތީޖާއަކުންނެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގިނަ ކުޅުންތެރީން ތަކެއް ހިމެނޭ އެމްއާރްޑީސީއާއި، ޒުވާން މޮޅެތި ކުޅުންތެރިން ތަކެއް ހިމެނޭ އެލައިޑާ ވާދަކުރި މެޗުގައި އެލައިޑުންވަނީ އެމްއާރްޑިސީ އާ ދެކޮޅަށް ރަނގަޅު ކުޅުމެއްދައްކައިފައެވެ. އެހެން ނަމަވެސް ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ(މެސީ)، ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ)ގެ މޮޅު ކުޅުމާއެކު އެމްއާރްޑިސީން ވަނީ ތަފާތުބޮޑުކޮށް އެލައިޑް މައްޗަށް ކުރި ހޯދާފައެވެ.

މިރޭގެ މެޗުގައި އެމްއާރްޑީސީ އަށް އަލީ ނާފިއު ދެ ލަނޑު ޖަަހައިދިން އިރު ކުރީގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން އަދި ވިކްޓަރީގެ މުހިއްމު ކުޅުންތެރިއާ ހަސަން އަދުހަމް (ސަޑޭ) އާއި މެސީ އަދި އަހްމަދު ރައްޔާނާއި ހުސައިން ފަޔާޒް (ކުޑޭ) ވަނީ އެޓީމަށް ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މިރޭ އެމްއޭސީއެލް އަދި ހައުސިންގ ބައްދަލު ކުރި މެޗުގެ ތެރެއިން--ސަން ފޮޓޯ /މުހައްމަދު އަފްރާހް

ބީއެމްއެލްއަށް މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދައިދިން ކޯޗް އިސްމާއިލް އަނިލްގެ އިރުޝާދުގެ ދަށުން ނުކުތް އެމްއޭސީއެލް އިން ހައުސިންގެ މައްޗަށް ކުރިހޯދީއިރު އެ މެޗުގައި ގައުމީ ޓީމުގެ ލެފްޓް ބެކް މުހައްމަދު ރަޝީދު (ހޮކޭ) އަދި މޮޅު ފުޓްސަލް ކުޅުންތެރިއާ އިބްރާހިމް ފުރުގާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

އެމްއޭސީއެލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޔާން، ސައްޔާހް އައްބާސް އަދި އަހްމަދު ނާސިހުއެވެ.

comment ކޮމެންޓް