ގަލޮޅުން ފެންހޮޅިއެއް ފަޅައިގެން ގޮސް ފެން ލިބުމުގައި ދަތިތަކެއް

އަމީނީ މަގުގައި ހުރި އެމްޑަބްލިއު އެސްއީގެ ފެންހޮޅި ފަޅައިގެން ގޮސް އެ ސަރަހައްދައް ގިނަ އަދަދެއްގެ ފެން ލީކް ވެފައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ގަލޮޅު މާލޭ ހިޔާ ސަރަހައްދު އަމީނީ މަގުގައި ވަޅުލާފައި އޮތް އެމްޑަބްލިއުއެސްއީގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް، ބައެއް ގެތަކަށް ފެން ލިބުމުގައި ދައްޗާ ކުރިމަތިވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:30 އެހާއިރު ގަލޮޅު އަމީނީމަގާއި ކޮއިމަލާ ހިނގުމާ ގުޅޭ ހަތަރު އަގޮޅި ކަންމަތީގައެވެ. އެމްޑަބްލިއުއެސްއީން ވަނީ އެ ކުންފުނީގެެ ފެންހޮޅިއެއް ގަލޮޅުން ފަޅައިގެން ދިޔަކަން ކަށަވަރުކޮށްދީފައެވެ.

އަމީނީ މަގުގައި ހުރި އެމްޑަބްލިއު އެސްއީގެ ފެންހޮޅި ފަޅައިގެން ގޮސް އެ ސަރަހައްދައް ގިނަ އަދަދެއްގެ ފެން ލީކް ވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެނގިފައިވާ ގޮތުގައި ފެން ހޮޅި ފަޅައިގެން ގޮސްފައި ވަނީ އެ ސަރަހައްދުގައި ވަޅެއް ކޮނެ އުޅުމުގެ ތެރޭގައެވެ. އަދި މިހާރު އަންނަނީ ފެންހޮޅި ބެއްދުމުގެ މަސަތްކަތް ކުރަމުންނެވެ.

އެމްޑަބްލިއު އެސްއީގެ އޮފިޝަލެއް 'ސަން' އަށް ބުނީ ފެން ހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ގެތަކަށް ޕްރެޝަރުގައި ފެން ނުލިބުނު ނަމަވެސް ދެ ގަޑިއިރު ތެރޭގައި އެ މައްސަލަ ހައްލުކޮށް ޕްރެޝަރުގައި ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.

comment ކޮމެންޓް