އެމްއާރްޑީސީ، އެމްއޭސީއެލް، ހައުސިންގ އަދި އެލައިޑް ކުއާޓާ ފައިނަލަށް

ކްލަބު މޯލްޑިވްސް ކަޕް 2017ގައި ޔުނައިޓެޑް ބީއެމްއެލްއާއި އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގެ މެޗުތައް ކާމިޔާބުކޮށް އެމްއޭސީއެލް، އެމްއާރްޑީސީ، ހައުސިން އަދި އެލައިޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔެ ކުޅުނު ގަދަ 16 ގެ މެޗު ކާމިޔާބުކޮށް ކުއާޓާއިން އެމްއޭސީއެލް ޖާގަ ހޯދީ އެޗްޑީސީ ބަލިކޮށްގެންނެވެ. އެމްއޭސީއެލުން އެޗްޑީސީ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ވަނަ މެޗަށް ބަލާއިރު އެ މެޗުގައި ވާދަކުރީ ހައުސިން އަދި އެމްޓީސީސީއެވެ. އެ މެޗު ހައުސިން އިން ކާމިޔާބުކުރި އިރު އެޓީމުންވަނީ އެމްޓީސީސީ ކޮޅަށް ތިން ލަނޑު ޖަހާފައެވެ.އެމްޓީސީސީއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

މި އަހަރު ވަރުގަދަ ސްކޮޑަކާއި އެކު މުބާރާތާއި ކުރިމަތިލި ފެނަކަ ބަލިވީ އެލައިޑް އަތުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ފެނަކަ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ވަރުގަދަ މޯލްޑިވިއަން ބަލިކޮށް ކުއާޓާއިން ޖާގަ ހޯދީ ފުރަތަމަ ޑިވިޝަނަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބި އެމްއާރްޑީސީއިންނެވެ. އެ ޓީމުން މޯލްޑިވިއަން ކޮޅަށް ތިން ލަނޑު ޖެހި އިރު މޯލްޑިވިއަން އަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ހުރިހާ ޓީމް ތަކެއް ކަށަވަރު ވެފައިވާއިރު ކުއާޓާގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ސްޓެލްކޯއާ ބީއެމްއެލްއެވެ. ދެ ވަނަ މެޗުގައި އެސްޓިއޯ ނުކުންނާނީ އެމްޕީއެލާ ދެކޮޅަށެވެ.

comment ކޮމެންޓް