ކަލައިދޫގައި ހިނގިިިިިިިިިިިި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ކަލައިދޫ އެކްސިޑެންޓުގައި މަރުވި ޒުވާނާ-- ފޮޓޯ/ ފޭސްބުކް

ލ. ކަލައިދޫ ބޮޑު މަގުން ދުއްވާފައި ދަނިކޮށް ސައިކަލު ކަހާލައިގެން ވެއްޓި މީހަކު މަރުވެއްޖެ އެވެ.

ކަލައިދޫ ބޮޑު މަގުގައި ހިނގި އެ ހާދިސާގައި މަރުވީ 27 އަހަރުގެ ފިރިހެނެކެވެ. އެ އެކްސިޑެންޓުގައި މީހަކު މަރުވިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައިވަނީ ކަލައިދޫ މުހައްމަދު ޔޫސުފް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ސައިކަލު ދުއްވާފައި ދިޔައީ ވަރަށް މަޑުންކަން ވެސް އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުން މުހައްމަދު ޔޫސުފް އެރަށު ސިއްހީ މަރުކަޒަށް ގެންޔައިރުވެސް ވެސް ވަނީ ނިޔާވެފައެވެ.

comment ކޮމެންޓް