ސިއްހަތާއި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ފާހާނާ ސާފުކުރެވިދާނެ!

"ބަޔޯ ކްލީން"އަކީ ލަންކާގެ ޑާލީ ބަޓްލާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ އުފެއްދުމެއް --

އާންމު ގޮތެއްގައި ގޭތެރެ އާއި ފާހާނާ ފަދަ ތަންތަން ސާފުކުރުމަށް ބޭނުންކުރާ ތަކެތީގައި ގިނަ މިންވަރަކަށް ނުރައްކާތެރި ކެމިކަލް ހުރެއެވެ. އެތަކެތީގެ ވަސް ޖެހުމުން ބައެއް މީހުންގެ ސިއްހަތަށް އަސަރު ކުރެއެވެ. މާ ގިނައިން އެތަކެތި ޖެހޭ ތަޅުންތަކާއި ފާހަނާ ތަށި ފަދަ ތަންތަނަށް ގެއްލުންވާ ފަހަރުވެސް އާދެއެވެ. މީގެ އިތުރުން އެތަކެތިން އަރާ ދުން ނުވަތަ ގޭހުގެ ސަބަބުން ތިމާވެއްޓަށް ވެސް އަސަރު ކުރެއެވެ.

ސްރީލަންކާގެ ސައިންސްވެރިން މަސައްކަތްކޮށް، ތިމާވެއްޓާއި ސިއްހަތަށް ވެސް ގެއްލުން ނުލިބޭނެ ފަދަ، ފާހަނާ ސާފުކުރާ ޕްރޮޑަކްޓެއް ވަނީ އުފައްދާފައެވެ.

"ބަޔޯ ކްލީން"އަކީ ލަންކާގެ ޑާލީ ބަޓްލާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ އުފެއްދުމެއް --

"ބަޔޯ ކްލީން"އަކީ ލަންކާގެ ޑާލީ ބަޓްލާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ އުފެއްދުމެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް މިފަދައިން ލިބެންހުރި އެންމެ ރަނގަޅު އެއް ޕްރޮޑަކްޓެވެ.

ބަޔޯ ކްލީންގެ ޚާއްސަކަމަކީ އެ ޕްރޮޑަކްޓް އުފެއްދުމަށް ބޭނުންކޮށްފައި ހުރި ތަކެއްޗާއި، ޕްރޮޑަކްޓް މަސައްކަތް ކުރާ ގޮތެވެ.

ބަޔޯ ކްލީން އުފައްދާފައި ވަނީ މުޅިން ވެސް އޯގެނިކް މާއްދާތައް ބެނުންކޮށްގެންނެވެ. ސިންތެޓިކް ނުވަތަ އުފައްދާފައިވާ މާއްދާތަކެއް އޭގައި ނުހުރެއެވެ. އަދި އާންމުކޮށް ފާހަނާ ސާފުކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓްތަކުގައި ހުންނަ ހައިޑްރޯކްލޮރައިޑް އެސިޑު މީގައި ނުހެރެއެވެ. އޭގެ ބަދަލުގައި ހުންނަނީ އޯގެނިކް އެސިޑެވެ. ގުދުރަތީ އެސިޑެވެ.

މާނައަކީ، ފާހާނާ ތައްޓަށް ބަޔޯ ކްލީން އެޅުމުން، ފާހާނާ ތަށީގައި ހުރި ބެކްޓީރިއާ ނައްތާޅުމުގެ މަސައްކަތް ކުރާނީ ބަޔޯ ކްލީނުގައި ހުންނަ އޯގެނިކް އެސިޑުތަކުގައި ހިމެނޭ އެންޒައިމްތަކެވެ.

މީގެ އިތުރުން އެހެން ޓޮއިލެޓް ކްލީނަރތަކާ ޚިލާފަށް، ބަޔޯ ކްލީނުގެ ލިކުއިޑު އޮލައެވެ. އަދި އެއްވެސް ޒާތެއްގެ ކެމިކަލެއް ނެތުމުން، ކެމިކަލް ވަހެއްވެސް ބަޔޯ ކްލީންގައި ނުހުރެއެވެ.

ތިމާވެއްޓާއި ސިއްހަތަށް ގެއްލުން ނުކުރާ މި ޕްރޮޑަކްޓް ރާއްޖެ އެތެރެކުރަނީ އިނޯވާ ގްލޯބަލް ކޮންސިއުމާސް (އައިޖީސީ)އިންނެވެ. އައިޖީސީގެ އިޖްތިމާއީ ޒިންމާއެއްގެ ގޮތުން، ތިމާވެއްޓާ ރަހުމަތްތެރި މި ޕްރޮޑަކްޓުގެ ފަރާތުން މުޖުތަމަޢަށް ޚިދުމަތް ކުރުމަށްވެސް ނިންމާފައިވެއެވެ.

އެގޮތުން، ހަތަރު ސައިޒަކަށް ހުންނަ "ބަޔޯ ކްލީން"ގެ، ވިކޭ ކޮންމެ ފުޅިއަކުން 0.25 ލާރި، ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މަސައްކަތަކަށް ހަދިޔާ ކުރާނެއެވެ.

މިއީ "ބަޔޯ ކްލީން" އުފެއްދި ކުންފުނިން ސްރީލަންކާގައިވެސް އަމަލުކުރަމުން އަންނަ ސަގާފަތެވެ.

comment ކޮމެންޓް