ފަރްހާން އާއި އަދޫނާ ވަރިވެއްޖެ، ދެ ކުދިން އަދޫނާއަށް!

ފަރްހާން އާއި އަދޫނާ: 16 އަހަރަށް ފަހު ދެމީހުން ވަނީ ވަރިވެފައި --

ބޮލީވުޑުގެ އެކްޓަރު އަދި ޑައިރެކްޓަރު، ފަރްހާން އަޚްތަރު އާއި، ސެލެބްރިޓީ ހެއާސްޓައިލިސްޓް، އަދޫނާ ބަބާނީގެ 16 އަހަރުވީ ކައިވެނި ރޫޅާލައިފި އެވެ.

ހޯމަ ދުވަހު ބަންޑްރާ ފެމެލީ ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށް ފަހު ދެ މީހުން އެދުނު ގޮތަށް މިހާރު ވަނީ ވަރިކޮށްދީފައެވެ.

ދެމީހުން ވަރިވާން ބޭނުންވާ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ވަރިއަށް އެދުމުން ނޮވެމްބަރު މަހު ދެމީހުންނަށް ވަނީ ކައުންސެލިން ދީފައެވެ. އެއަށްފަހު ދެމީހުން ވަރި އާއެކު ކުރިއަށް ދާން ބޭނުންތޯ ބެލުމަށާއި މައްސަލަ އަނބުރާ ނަގަން ފުރުސަތު ދިނުމަށް މިދިޔަ ނޮވެމްބަރު މަހު ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ނަމަވެސް ހޯމަ ދުވަހުގެ އަޑުއެހުމަށް ފަހު ދެ ފަރާތުން ވެސް ވަނި ވަރިވާން ވޭނުންވާ ކަމަށް ބުނެފައެވެ. އެހަންކަމުން މިހާރު ދެމީހުން ވަނީ ވަރިކޮށްދީފައެވެ.

ކައިވެނިން އެ ދެމީހުންނަށް ދެ އަންހެން ކުދިން ވަނީ ލިބިފައެވެ. އެއީ ޝަކީޔާ އަދި އަކީރާ އެވެ. ކޯޓުން ވަނީ ދެ ކުދިންގެ ބެލެނިވެރިކަން އަދޫނާ އާ ހަވާލުކޮށްފައެވެ. ނަމަވެސް ބޭނުން އިރަކު ކުދިންނާ ބައްދަލު ކުރުމުގެ ފުރުސަތު ފަރްހާން އަށް އޮންނާނެ އެވެ.

ދެމީހުން ވަރިވާން ނިންމާފައިވާ ކަން ހާމަ ކުރީ މިދިޔަ އަހަރު އެވެ. 2000 ވަނަ އަހަރު ދެމީހުން ކައިވެނި ކުރީ ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އެވެ.

comment ކޮމެންޓް