ބެޑްމިންޓަން އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް މައިޝާ ޗައިނާއަށް ފުރައިފި

ޗައިނާއަށް ފުރުމުގެ ކުރިން މައިޝާ ބެޑްމިންޓަން އެސޯއޭޝަންގެ ބައެއް ބޭފުޅުންނާއި އެކު ފޮޓޯ އަކަށް ހުއްޓިގެން--ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަން އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިއާ މައިޝާ ފަތުހުﷲ ޗައިނާއަށް ފުރައިފިއެވެ.

ދުނިޔޭގެ ރޭންކިންގް އަށް ބަލައިގެން އެ މުބާރާތައް ކޮލިފައިވާއިރު އޭޝިޔާގެ ކޮންމެ ގައުމަކަށްވެސް ވަނީ ދެ ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުޞަތު ދީފައެވެ.

ވޯލްޑް ރޭންކިންއަށް ބެލުމަށްފަހު ރާއްޖެއިން މި މުބާރަތުަގެ އަންހެން ބައިގައި ވާދަކުރުމުގެ ފުރުޞަތު ލިބިފައިވަނީ ރާއްޖޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިއާ މައިޝާ ފަތުހުﷲއަށެވެ. ފިރިހެން ބައިގައި ވާދަ ކުރުމުގެ ފުރުސަތު ރޭން ކިންގް އަށް ބެލުމަށްފަހު ލިބިފައިވަނީ ޒަޔާން ޒަކީއަށެވެ. ނަަމަވެސް ޒަޔާން މިވަގުތު ހުރީ އަނިޔާގައެވެ.

ބެޑްމިންޓަން އެސޯސިޢޭޝަނުން ބުނީ މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުޞަތު މައިޝާއަށް ލިބިގެންދިޔުމަކީ ވޯލްޑް ރޭންކިންއަށް ޕޮއިންޓް ހޯދުމަށް ލިބިގެންދާނެ ފަހި ފުރުޞަތަކަށް ވެގެންދާނެ ކަމަށާއި އަދި މިއީ ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު މިފަދަ އެއް މުބާރާތް ކަމުން މުހިއްމީ މޮޅުވުން ނޫންކަމާށާއި މުހިއްމީ ދެން އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނާ ރަނގަޅަށް ވާދަކޮށްލުންކަމަށެވެ.

މިމަހުގެ 24 އިން 28ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މައިޝާ ވާދަކުރާނި ސިިންގަލްސް އިވެންޓުގައެވެ.

comment ކޮމެންޓް