ބ. ކިހާދުއްފަރުގައި މީގެ ކުރިން "ކިހާދު މޯލްޑިވްސް"ގެ ނަމުގައި ހިންގަމުން އައި ރިސޯޓު ރިބްރޭންޑުކޮށް "ކިހާ މޯލްޑިވްސް"ގެ ނަމަށް ބަދަލުކޮށްފި އެވެ.
އެ ރިސޯޓު ރިބްރޭންޑުކޮށްފައި ވަނީ އާ މެނޭޖްމަންޓަކާ އެކު އެވެ. މިހާރު އެރިސޯޓު ހިންގަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް އިންނެވެ.
ކިހާ މޯލްޑިވްސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޒަހީން އޭނާގެ ލިންކްޑް އިން އެކައުންޓުގައި ވިދާޅުވީ ކިހާދުއްފަރުގެ އޮޕަރޭޝަންސްތައް މިހާރު އަލުން ފަށާފައިވާ ކަމަށާއި، އަލުން ޚިދުމަތް ދޭން ފެށީ ތަޖުރިބާކާރު މުވައްޒަފުންނާ އެކު ކޮލިޓީ ސާވިސް ދިނުމަށް ކަމަށެވެ.
ކިހާ މޯލްޑިވްސްއަކީ ވަށައިގެން ރީތި ފަރެއް އޮންނަ 124 ވިލާ ހުންނަ ރިސޯޓެކެވެ.
ދުނިޔެއަށްވެސް މަޝްހޫރު ބައޮސްފިއާ ރިޒާވް އޮންނަ އެ އަތޮޅުގައި ހިންގާ އެ ރިސޯޓުގައި އެންމެ މަގުބޫލު އެއް ހަރަކާތަކީ ސްކޫބާ ޑައިވިން އެވެ.
އެ ރިސޯޓު ރިބްރޭންޑު ކުރުމަށްފަހު އަދި ހިންގަނީ ޕްރީ އޯޕަން ކޮށްގެންނެވެ. އަދި ރަސްމީކޮށް ރިސޯޓު ނުހުޅުވައެވެ.