ހިޔާލު ތަފާތުވިޔަސް މިސްކިތްތަކަށް އިހުތިރާމް ކުރަންޖެހޭ: މިނިސްޓްރީ

އިސްލާމިކް މަރުކަޒުގައި ހުތުރު ބަހުން ލިޔެފައިވާ ލިޔުން ފޮހުމަށް ކުލަލަނީ--

މިސްކިތްތަކީ މާތްﷲ ގެ ގެ ކޮޅު ކަމަށްވުމާއެކު މިސްކިތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެމިނިސްޓްރީން އެގޮތަށް އިލްތިމާސްކޮށްފައިވަނީ އިސްލާމީ މަރުކަޒު ފާރުގައި ހުތުރު ބަހުން ލިޔެ އިންޒާރު ދީފައިވާތީއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހިތްހަމަ ނުޖެހުންތަކާއި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އިސްލާމް ދީނާއި ދީނުގައި ހުރުމަތްތެރިކޮށްފައިވާ ތަންތަނަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މިސްކިތްތަކަކީ އިސްލާމް ދީނުގައި ހުރުމަތްތެރި ކުރަށްވާފައިވާ ތަންތަން، އެއީ ބިންމަތީގައި ﷲގެ ގެކޮޅު، ބިންމަތީގައި އިމާރާތް ކުރެވޭނެ އެންމެ މުގަށްދަސް ބިނާކަން އެންމެންވެސް ދަންނަންޖެހޭ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ ފާރަށް ސްޕްރޭކޮށް ހުތުރުބަހުން ލިޔުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް