ޕްރިޔަންކާ ބޮލީވުޑް ފިލްމަކަށް ތައްޔާރުވަނީ

ޕްރިޔަންކާ: އަންނަ ހަފްތާގައި އިންޑިއާއަށް އަންނާނެ--

ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅުމަށްފަހު ކުޅަދާނަ އެކްޓްރެސް ޕްރިޔަންކާ ޔޯޕްރާ މިސްރާބް އަންބުރާލީ ހޮލީވުޑާ ދިމާލަށެވެ. އެގޮތުން އެމެރިކަން ޓީވީ ސީރީޒް "ކުއާންޓިކޯ" އާއެކު ހޮލީވުޑްގައި ވެސް ފިޔަޖަހަން ފެށީއެވެ. އޭގެ ފަހުން އެ ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިން ނިންމާލުމަށްފަހު އަނެއްކާވެސް މިހަފްތާ ބަންދުގައި އިންޑިއާ އަށް އަންނާނެ ކަމުގެ ހަބަރުތައް މިވަނީ ފެތުރިފައެވެ.

އަންނަ ޖުލައި މަހާ ހަމައަށް އިންޑިއާގައި މަޑުކުރަން ނިންމާފައިވާއިރު، އެދުވަސްތަކުގެ ތެރޭގައި އޭނާގެ ކުރިޔަށް ކުޅެން ހުރި ފިލްމުތައް ނިންމާނެއެވެ. އަދި އޭނާ އެންޑޯޒްކުރާ ބްރޭންޑްތަކުގެ އިސްތިހާރުތަކާއި ފިލްމުތަކުގެ ޑައިރެކްޓަރުންނާ ބައްދަލުކޮށް ސޮއި ވެސް ކުރާނެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނިފައިވަނީ 2015 ވަނަ އަހަރުއެވެ. އެއީ ސަންޖޭ ލީލާ ބަންސަލީ ޑައިރެކްޓްކޮށް އެ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި "ބަޖީރާއޯ މަސްތާނީ" އެވެ.

ޕްރިޔަންކާ----

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ޕްރިޔަންކާ ދެން އެންމެ އަވަހަށް ކުޅޭނީ ޑައިރެކްޓަރު އަނިރުއްދާ ރޯއީ ޗައުދަރީގެ ސަސްޕެންސް ތްރިލާ ފިލްމެކެވެ. އަންނަ ހަފްތާގައި އިންޑިއާ އަށް އައިސް އެ ފިލްމު ކުޅެން ސޮއި ކުރާނެ ކަމަށް ބުނެފައިވާއިރު އެ ފިލްމު ޕްރޮޑިއުސް ކުރާނީ ޕްރިޔަންކާ ކަމަށް ވަނީ އަޑުތައް ފެތުރެން ފަށާފައެވެ.

އަނިރުއްދާ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ މިދޔަ އަހަރު ރިލީޒް ކުރި "ޕިންކް" އެވެ. އެ ފިލްމަކީ އިންޑިއާގެ އެންމެ ބޮޑު އިޖްތިމާޢީ މައްސަލަ، ރޭޕްގެ މައްސަލަ އާ ގުޅިގެން ހަދާފައިވާ ފިލްމެކެވެ. ފިލްމަށް ގިނަ އެވޯޑް ތަކެއް ލިބިފައިވާއިރު އިޖްތިމާއީ މައްސަލައެއްގެ މައްޗަށް އުފެއްދި އެންމެ މޮޅު ފިލްމުގެ އެވޯޑް ވެސް ލިބުނީ އެ ފިލްމަށެވެ.

ސޯޝަލް މީޑިއާ ނެޓްވޯކް ބަޒްނެޓް އިން ދުނިޔޭގެ އެންމެ ރީތި 30 އަންހެނުން ހޮވަމަށް ކުރިއަށް ގެންދިޔަ ޕޯލްގައި ދެވަނައަށް އާންމުންގެ އެންމެ ގިނަ ވޯޓް ލިބިގެން ދެވަނަ އަށް ދުނިޔޭގެ އެންމެ ރީތި އަންހެނާގެ އެވޯޑު ޕްރިޔަންކާ އަށް ލިބިފައިވާއިރު، ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ދަނީ ރިލީޒް ކުރަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް